އުމުރުން 16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 60 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެދުރާއްޖެތެރޭގެ ރަށެއްގެ ފިހާރާއެއްގެ ސޭޓަކަށް އިން އަންހެން ކުއްޖާއަށް، އެ ފިހާރައަށް ދިޔަ މުސްކުޅި މީހާ ޖިންސީ ގޯނާ ކުރި މައްސަަލަ މިދިޔަ ހޮނިހިރު ދުވަހު ރިޕޯޓްކުރި ކަމަށެެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ ހަވީރު 05:30 އެހައިކަންހާއިރު ކޯޓު އަަމުރެއްގެ ދަށުން އެ މުސްކުޅި މީހާ ހައްޔަރުކުރި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގް ކުރަމުންދާ ކަމަށެެވެ.