ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޖެޓީ ކައިރިން މޫދަށް ވެއްޓުނު ޗައިނާގެ އަންހެން ކުޑަކުއްޖަކު ސަލާމަތްކޮށްފިއެެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނީ އެ ކުޑަކުއްޖާ މޫދަށް ވެއްޓުމުން ސަލާމަތްކުރީ އެ ކުންފުނީގެ ފަޔާ ފައިޓަރު ޓްރެއިނީ އިބްރާހިމް ނަސްރުކަމަށެެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު ޒޭންގް ލިޒްހޮންގް ވަނީ ނަސްރުގެ ހިތްވަރަށް ތައުރީފްކުރައްވައި ކޮށްދިން ހެޔޮކަމަށް ޝުކުރު އަދާކުރައްވައި ޓުވީޓު ކުރައްވައިފައެެވެ.

ނަސްރުގެ އަމަލު ބަލައިގަނެ އެމްއޭސީއެލްއިންވެސް ވަނީ އޭނައާމެދު ފަޚުރުވެރިވާކަމަށް ބުނެ ޓުވީޓުކޮށްފައެެވެ.

ޗައިނާއަކީ ރާއްޖެއަށް އެެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުވެސް މެެއެެވެ. ނަމަވެސް މިހާރު އެގައުމުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާގައި އުޅޭ މީހުން ރާއްޖެއައުން މިހާރު ވަނީ މަނާކޮށްފައެެވެ.