02 Feb 2020, 14:05
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާނުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ "ސަން"އަށް މިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ.
ޖެނުއަރީ 31 ވަނަ ދުވަހު ހިޝާން ސްރީލަންކާއަށް ދިއުމަށްޓަކައި ފްލައިޓަށް އަރައި ހުއްޓާ ފުލުހުން ގޮސް އޭނާ ފްލައިޓުން ބާލުވާފައިވާ ކަމަށް ވެސް ސޯޝަލް މީޑިއާގައި އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށްޓަކައި ޖެނުއަރީ 31 ވަނަ ދުވަހު ހިޝާން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަފުސީލެއް ވެސް ފުލުހުންގެ ފަރާތުން ލިބިފައިނުވާއިރު، ހިޝާންގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ކުޑަ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ސޯޝަލް މީޑިއާގައި އޭނާގެ މައްޗަށް ބަޔަކު ތުހުމަތުތަކެއް ކުރި ފަހުންނެވެ.