02 Feb 2020, 13:55
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އޮފީސް ހ. ސަކީނާ މަންޒިލަށް ބަދަލުކޮށްފި އެވެ.
ޖޭއެސްސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އިއްޔެ އިން ފެށިގެން އެ ކޮމިޝަނުގެ މަސައްކަތް ދެން ހިނގަމުންދާނީ ހ. ސަކީނާ މަންޒިލްގައި ކަމަށެވެ.
މިދިޔަ ރިޔާސީ އިންތިހާބްގައި އޭރުގެ ވެރިކަން ކުރި ޕީޕީއެމްގެ ކެމްޕެއިން އޮފީސް ހިންގާފައިވަނީ ހ. ސަކީނާ މަންޒިލްގެ ގްރައުންޑް ފްލޯގަ އެވެ.
ޖޭއެސްސީގެ އޮފީސް މީގެ ކުރިން ހިންގަމުން އައީ ކުރީގެ ރިޔާސީ ގެ ކަމުގައިވާ ތީމުގޭގަ އެވެ. އެހެން ނަމަވެސް، އެތަނުގެ ޖާގަ ކުޑަވެ މަސައްކަތް ކުރަން އޮތީ އުނދަގޫވެފަ އެވެ.