02 Feb 2020, 11:40
ކޮރޯނާވައިރަހުގެ އަލާމާތްތައް ފެނިގެން ޝައްކުކުރެވޭތީ ޔަގީންކުރުމަށް އެކަހެރިކޮށް، ޓެސްޓުކުރުމަށް އިންޑިއާއަށް ފޮނުވި ސާމްޕަލްތަކުގެ ނާތީޖާ ލިބޭނީ މާދަމާކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ރޭ ހެލްތް މިނިސްޓަރީން ބުނި ގޮތުގައި ޓެސްޓްތަކުގެ ނަތީޖާ ލިބޭނީ މިއަދު ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ، މިހާރު ސާމްޕަލްތައް ލެބޯޓަރީއަށް ފޯރާފައިވާ ކަމަށާއި މިވަގުތަށް ޓެސްޓް ލިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ދީފައިވާ ތާރީހަކީ މާދަމާކަމަށެވެ.
"ޕޭޕާ ވޯކްސްތައް ކޮމްޕްލީޓްވެގެން ލެބޯޓަރީތަކަށް ވަކި ހުއްދަތަކެއް ލިބިގެން ސާމްޕްލްތައް އެތެރެ ކުރެވެނީ. ރޭގައި [ހެލްތް] މިނިސްޓަރު ވިދާޅުވީ ރެޔާ ހަމަށް ޑަބްލިއުއެޗްއޯއިން، އެޗްޕީއޭއިން މިނިސްޓަރަށް ދެއްވާފައިވާ ފެކްޗުއަލީ ރައިޓް އިންފޮމޭޝަން،"
މިނިސްޓަރު ވިދާޅުވީ، ކޮންމެ ވަގުތަކު ނަތީޖާ ލިބުނަސް ނުވަތަ ޓެސްޓް ނަތީޖާ ލިބުން ލަސްވިޔަސް އޮޅުމެއް ނާރާ ގޮތަށް ރައްޔިތުންނަށް ފޮރުވުމެއްނެތި އެ މައުލޫމަތު ހާމަކުރައްވާނެ ކަމަށެވެ.
ޓެސްޓު ހެދުމަށް ސާމްޕްލް ފޮނުުވި ތިން މީޙުން އެކަހެރިކޮށްފައިވަނީ ކ. ފުނަދޫގައެވެ. އެކަހެރި ކުރި އިރު އެ ތިން މީހުންގެ ފަރާތުން ފެންނަ ހުރި އަލާމާތްތައް މިހާރު ނުފެންނަކަމަށް އިއްޔެ ހެލްތް މިނިސްޓްރީން ވަނީ ބުނުފައެވެ. އަދި ތިން މީހުންގެ ހާލުވެސް ރަގަޅުކަމަށްވެސް ބުންޏެވެ.