01 Feb 2020, 20:49
މާލޭގައި މިއަދު ފެރީގެ ދެ އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ފުރަތަމަ އެކްސިޑެންޓް ހިނގީ ހުޅުލޭ ފެރީއަކާއި ދިއްފުއްޓަށް ދަތުރުކުރާ ލޯންޗެއް ކަމަށެވެ.
މިއަދު ހަވީރު 16:30 އެހައިކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި ލޯންޗުގައި އިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނޭނގެއެވެ.
"ފެރީ އާއި ލޯންޗު ދުއްވި މީހާއަކީ ވެސް ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް،" އޮފިޝަލް ވިދާޅުވިއެވެ.
މިއަދު ހިނގި ދެވަނަ އެކްސިޑެންޓަކީ ވިމިލާލޭ ފެރީ އަކާއި ވިލާ ގޭސް ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެވެ.
މިރޭ 19:24 އެހައިކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފެރީ އާއި ދޯނި ދުއްވި ދެ މީހުންގެ އަތުގައި ވެސް ލައިސެންސް އޮވެއެވެ.
ފުލުހުން އަންނަނީ އެ ދެ އެކްސިޑެންޓުގެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.