31 Jan 2020, 14:49
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާޕްސީ ޕަންނޫ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތައްޕަޅު"ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.
ތާޕްސީ ވަނީ އޭނާގެ ޓްވިޓާ އެކައުންޓުގައި ޕޯސްޓަރު އާންމުކޮށްފަ އެވެ. ޕޯސްޓަރުގައި ތާޕްސީ ފެނިގެންދާއިރު އެ ޕޯސްޓަރުގައި ތާޕްސީގެ "ލުކް" ވަރަށް ތަފާތެވެ. ގިނަ ބަޔަކު އަންނަނީ ޕޯސްޓަރަށް ތައުރީފްކުރަމުންނެވެ.
އަނޫބަވް ސިންހާ ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމުގެ ޓްރެއިލާ މިއަދު ދައްކާލާނެ އެވެ. ފިލްމު ރިލީޒްކުރާނީ މާޗް ހައެއްގަ އެވެ. މި ފިލްމަކީ ތާޕްސީ ދެން އެންމެ އަވަހަށް ސިނަމާތަކުން ފެނިގެންދާނެ ފިިލްމެވެ. "ތައްޕަޅު"އަކީ ކައިވެންޏެއްގެ ތެރޭގައި އަންހެނަކަށް ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.