30 Jan 2020, 16:45
ބޮޑެތި އިނާމުތަކާއެކު މިއަހަރުގެ ރޯދަ މަހަށް އަމާޒުކޮށްގެން ރެޑްވޭވްގެ ރޯދަ ސޭލް ފަށައިފި އެވެ.
ރޯދަ މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ސޭލުގައި ފައިސާގެ އިނާމުގެ އިތުރުން އެނޫން ވެސް އަގުހުރި އިނާމުތައް ދިނުމަށް ވަނީ ރާވާފަ އެވެ.
ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ވެސް ކުރިއަށްގެންދާ އެ ސޭލްގައި 500ރ އިން މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ސޭލްގެ ގުރުއަތު ނެގުމުގައި ބައިވެރިވާން ކޫޕަނެއް ލިބޭނެ އެވެ.
މިފަހަރުގެ ސޭލްގައި ގުރުއަތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000ރ ގެ ފައިސާގެ އިނާމް ލިބިގެންދާއިރު އިތުރު ފަސް ނަސީބުވެރި ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް 10،000ރ ގެ ފައިސާގެ އިނާމް ލިބިގެންދާނެ އެވެ.
އިތުރަށް ދޭ އިނާމުތަކުގެ ތެރޭގައި ގުރުއަތުން ހޮވޭ ފަރާތަކަށް ދޭ 75 އިންޗީގެ ޓީވީ، ފަސް ފަރާތަކަށް ދޭ 55 އިންޗީގެ ޓީވީ އަދި 10 ފަރާތަކަށް ދޭ 49 އިންޗީ ޓީވީ ހިމެނެ އެވެ.
ހަމައެއާއެކު ސޯފާ ސެޓާއި އަގުހުރި އެހެނިހެން އިނާމުތައް ހިމެނޭ ގޮތަށް އިތުރު 10 ފަރާތެއް ގުރުއަތުން ހޮވާނެ ކަމަށް ރެޑްވޭވުން ބުނެ އެވެ.
އިނާމުތަކުގެ އިތުރުން ރެޑްވޭވުން ކަނޑައަޅާ މުދަލުގެ ބާވަތްތަކުން ބޮޑެތި ޑިސްކައުންޓް ދިނުމަށް ރާވާފައިވާއިރު، ސޭލް ކުރިއަށްދާ މުއްދަތުގައި ރޯދަމަހާ ގުޅުންހުރި ވަރަށް ގިނަ އާ ޕްރޮޑަކްޓްތައް ތައާރަފު ކުރުމަށް ވެސް ރެޑްވޭވުން ވަނީ ރާވާފަ އެވެ.