ފަސްދޮޅަސް އަަހަރުގެ ފިރިހެނަކު އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކޮށްފި އެވެ.

އެ ހާދިސާ ހިނގާފައިވަނީ އުތުރުގެ ރަށެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހު ނުވަ ވަނަ ދުވަހު ކަމަށެެވެ.

ކޯޓު އަމުރެއްގެ ދަށުން ޖިންސީ ގޯނާކުރި މީހާ ހައްޔަރުކުރީ މިއަދުކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ގއ. ކަނޑުހުޅުދޫގައި ދެއަހަރު ނުވާ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވި ފަހުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކަންކަން ރިޕޯޓު ކުރުން މިހާރު ވަނީ އިތުރުވެފަ އެެވެ.