ބިދޭސީންނާ ގުޅޭ އެކި ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ 'އެކްސްޕެޓް އޮންލައިން ސިސްޓަމް'ގެ ގިނަ ހިދުމަތްތައް މެދުކަނޑާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ރެގިއުލަރައިޒޭޝަނާ ގުޅޭ ހިދުމަތްތައް ފިޔަވައި އެހެން ހުރިހާ ހިދުމަތްތަކެއް މި މަހުގެ 26 އިން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާފައިވާ ކަމަށެވެ.

ހިދުމަތްތައް މެދުކަނޑާލީ އެ ސިސްޓަމަށް ގެންނަ ޖެހޭ ބަދަލުތަކެއް ގެނައުމަށްޓަކަ އެވެ.

އެ ސިސްޓަމުގެ ހިދުމަތްތައް އަލުން ފަށާނީ މި މަހުގެ 30 ވަނަ ދުވަހުގަ އެވެ.

ރާއްޖެއަށް ބިދޭސީން ގެންނަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނީ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީ ކުރުމަށްފަހު، އެ ސިސްޓަމްގެ ތެރެއިންނެވެ.