އިންޑިޔާގެ ވެރިރަށް ދިއްލީގައި ފެށި ހަތް ވަނަ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގެ ފުރަތަމަ ދުވަހުގެ މެޗްތައް އިއްޔެ ވަނީ ކުޅެނިމިފަ އެވެ. މިގްރޫޕްގައި ވާދަކުރަނީ މިހާރު މިސަރަހައްދުގެ ފުޓްބޯޅައިގައި އެންމެ ކުރިއަރަމުން އަންނަ ހަތަރު ޤައުމެވެ. އެއީ ދިވެހިރާއްޖެ އާއި ނޭޕާލާއި ބަންގްލަދޭސް އަދި ޕާކިސްތާނެވެ.

މިފަހަރުގެ މުބާރާތުގައި މަރުގެ ގްރޫޕް ކަމަށް ގިނަ ބަޔަކު ބުނަމުންދާ މި ޓީމްތަކުގެ ކުޅުން އިއްޔެ ދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި ކުޅުނު އިރު ކޮންމެ ޓީމަކަށް ލިބުނީ އެއް ޕޮއިންޓެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެގެ ފުރަތަމަ މެޗުގައި ބައްދަލުކުރި ދެޓީމަކީ ބަންގްލަދޭސް އާއި ޕާކިސްތާނެވެ. މިމެޗް ނިމުނީ ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. މެޗްގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ރަނުގެ ފުރުސަތުތަކެއް ފަހިވެގެން ދިޔައިރު، ދެ ޓީމްގެ ފޯވާޑުންނަށް އެލިބުނު ފުރުސަތުތައް ދިޔައީ ރަނގަޅު ގޮތުގައި ބޭނުންނުހިފިގެންނެވެ.

އިއްޔެގެ މެޗް އެވަރު ވުމުން ޕާކިސްތާން ޕޮއިންޓަކުން ފުއްދާލަން ޖެހުނުއިރު، އެޤައުމަކީ މިސަރަހައްދުގެ ފުޓްބޯޅައިގެ ބާރެއް ނޫން ކަމަށް ކުރިން ކިޔާއުޅުނު ނަމަވެސް، މި ސަރަހައްދުގެ އަށް ޤައުމަށް ބަލާއިރު ބިދޭސީ ލީގުތަކުގައި ކުޅޭ އެންމެ ގިނަ ކުޅުންތެރިން ތިބީ ޕާކިސްތާނުގަ އެވެ. މީގެ ތެރެއިން ޓީމަށް ކުޅުނު ދެ ކުޅުންތެރިންނާމެދު ކޯޗު ހިތްހަމަޖެހުން ފާޅު ކުރި އެވެ. އިނގިރޭސި، ޖަރުމަނުގެ އެކި ޑިވިޝަންތަކުގައި ކުޅޭ ކުޅުންތެރިން ޤައުމީ ޓީމަށް ކުޅެން ބޭނުން ނުވަނީ ޤައުމީ ޓީމަށް ކުޅެގެން ރަނގަޅު އާންމު ދަނީއެއް ނެތުމުންނެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ޕާކިސްތާނުން ކުރިމަތި ލިއިރުވެސް، ޓީމްގައި އެންމެ އިސްކޮށް ނަގާކިޔަން ވަކި ކުޅުންތެރިއަކު ނެތުމަކީ އެޓީމަށް ދިވެފައިވާ މައްސަލައެކެވެ. އެކަމަކު އިއްޔެގެ މެޗްގައި ޕާކިސްތާންގެ ޓީމުން ނާގާކިޔާލެވޭވަރުގެ ދެތިން ކުޅުންތެރިއަކު ފެނުނެވެ. ގޯލްކީޕަރު ޖައުފަރު ކާން އާއި ފޯވާޑް ޖަދީދް ކާން ޕަތަން އިއްޔެ ބަންގްލަދޭޝްއާ ދެކޮޅަށް ދެއްކި ކުޅުމަކީ ގްރޫޕްގެ ދެން ހުރި ޓީމްތަކުން ވިސްނާލަން ޖެހޭ ވަރުގެ މޮޅު ކުޅުމެކެވެ.
ކޯޗް މިކޮލާ ލެވިންސްކީގެ އިރުޝާދުގެ ދަށުން އިއްޔެ ޕާކިސްތާންގެ ޓީމް ދެއްކި ކުޅުމަކީ ދެރައޭ ބުނާވަރުގެ ކުޅުމެއް ނޫންކަން ސާބިތުވެގެން ދިޔައީ، މެޗްގައި ބަންގްލަދޭޝްއަށް ލީޑް ނުނެގުނު ނުވަތަ މެޗް ކާމިޔާބު ނުކުރެވުނު ހިސާބުންނެވެ.

އެހެން ކަމުން ބަންގްލަދޭސްއަށް މާބޮޑު ހިތް ހަމަޖެހުމެއް ނުލިބުނު ކަމުގައި ވިޔަސް، އިއްޔެގެ މެޗުގައި ބަންގްލަދޭޝްއަށް ވެސް ވަނީ މެޗް ކާމިޔާބު ކުރުމަށް ދަތިތަކަކާއި ކުރިމަތި ލާންޖެހިފަ އެވެ. ޕާކިސްތާންގެ ގޯލްކީޕަރުގެ ހުސިޔާރުކަމުން ބަންގްލަދޭސްގެ ފޯވާޑުންނަށް ޖެހުނީ އެކަން ހަޖުމަކޮށްލާށެވެ. ބަންގްލަދޭޝް ޓީމްގެ ބާރު ބޯޅަތައް ޕާކިސްތާންގެ ގޯލްކީޕަރު އަތަށް ތަތްކޮށްލާއިރު، މެޗް ނިއްމާލަން ޖެހުނީ ދެ ޓީމުންކުރެ އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވިގެންނެވެ.

ސާފް ޗެމްޕިއަންޝިޕްގައި ބަންގާޅަކީ އިންޑިޔާ އާއި ރާއްޖެ ނެގުމަށްފަހު މިމުބާރާތުގެ ކާމިޔާބު ޓީމެކެވެ. އެގޮތުން 2003 ވަނަ އަހަރު އަމިއްލަ ޤަމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްއިން ގެންދިޔައިރު، ޕާކިސްތާނަށް ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީ އަކީ 1997 ވަނަ އަހަރު މުބާރާތުގެ ތިން ވަނަ ލިބުމެވެ.

އިއްޔެ ކުޅުނު ގްރޫޕްގެ ދެ ވަނަ މެޗަށް ބަލާއިރު، އެމެޗް ވެގެން ދިޔައީ ފޯރިގަދަ މެޗަކަށެވެ. އެގޮތުން މިމެޗްގައި ރާއްޖެއާއި ދެކޮޅަށް ނޭޕާލް ނިކުތްއިރު، ނޭޕާލަކީ މިސަރަހައްދުގެ ފުޓްބޯޅައިގައި އެންމެ ކުރިއަރަމުން އަންނަ އެއްޤައުމުވެ. ރާއްޖޭގެ ނަސީބް ގަދަކުމުން އިއްޔެ ނޭޕާލް އަތުން ބަލިނުވިއިރު، އިއްޔެގެ މެޗްގައި ރައްޖެއަށް ކުރިމަތިވި އެންމެ ބޮޑު އެއްމަސަލަޔަކީ ފިޓްނަހުގެ މައްސަލައެވެ. ދިވެހި ޓީމްގައި ރަނގަޅަށް ކުޅެވޭ ދެތިން ހަތަރު ކުޅުންތެރިއަކު ހުރިނަމަވެސް، ނޭޕާލް ޓީމުގައި ވެސް ފާހަގަ ކޮށްލެވުނު ހަ އެއްކަ ކުޅުންތެރިން އިއްޔެ ވަނީ ފަހަގަ ވެފަ އެވެ.

ޖަރުމަނާއި ހޮލެންޑުގެ ފެޑަރޭޝަންގެ އެހީތެރިކަމާއެކު ނޭޕާލުން ވަނީ މިފަހަރުގެ މުބާރާތައް ޓީމް ވަރަށް ވަރުގަދަކޮށް، އެމަސައްކަތް ފުރިހަމަ ކޮސްފަ އެވެ. އެގޮތުން ޓީމްގެ ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ އިގިރޭސިވިލާތުގެ ގްރެހަމް ރޮބެޓްސް ވަނީ، އޭނާގެ ޓީމް ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައިކަން އިއްޔެ ދައްކާލާފަ އެވެ. އެގޮތުން ދެ ރައޭ، ބުނާވަރުގެ އެއްވެސް ކުޅުންތެރިއަކު ނޭޕާލް ސްކޮޑުގައި ހިމަނާފައި ނުވާއިރު، މުބާރާތް ކާމިޔާބު ކުރުމަށް ނޭޕާލް ވަނީ ކެތް މަދުވެފައި ކަމަށް ކޯޗު ރޮބެޓް ކުރިން ވަނީ ބުނެފަ އެވެ. އެކަމަކު އިއްޔެ ރާއްޖެއަތުން މޮޅު ނުވުމުން، މިގްރޫޕްގައި މޮޅޭ ބުނާވަރުގެ ޓީމެއް ނެތުމަކީ ސުވާލް އުފެދޭ ކަމެކެވެ.

ސާފް ޗެންޕިއަންޝިޕްގެ ނަތީޖާތަކަށް ބަލާއިރު، މިފަހަރުގެ މުބާރަތުގައި ވާދަކުރާ ގްރޫޕް ބީ ފަޅިން އެންމެ ކާމިޔާބު ޓީމަކީ އަދިވެސް ރާއްޖެއޭ ބުނުން ދޮގަކަށް ނުވާނެ އެވެ. މުބާރަތުގެ ތަށި ރާއްޖެއިން 2008 އަހަރު ކާމިޔާބު ކޮށްފައިވާއިރު، ރާއްޖެ ވަނީ މިމުބާރާތުގެ ރަނަރަޕް ތިން ފަހަރެއްގެ މަތިން ހޯދާފަ އެވެ. އަދި ރާއްޖެއަށް އެއް ފަހަރު ރަނަރަޕް ލިބުނުއިރު، މުބާރަތުގައި ސެމީ ފައިނަލާ ހަމައިން ރާއްޖެ ކެޓީ ވެސް އެއްފަހަރު އެވެ.