ވެލިނަގަން ރ. މަޑުއްވަރީ ދޯންޏެއްގައި ދިޔަ މީހަކު މަރުވެެއްޖެ އެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 5:12 ގައެވެ.

ފުލުހުން ބުނީ، މަރުވެފައި ވަނީ 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

"އެމީހާ ހެލްތް ސެންޓަރަށް ގެނައިއިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމަތު ދީފައިވޭ،" ފުލުހުން ބުންޏެވެ.

މި ހާދިސާގައި ބަލަން ޖެހޭ ބެލުންތައް ފުލުހުން ދަނީ ބަލަމުންނެވެެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.