މިދިޔަ އަހަރުގެ މާޗު މަހު ސްކްރީން ކުރި ދިވެހި ފިލްމު "40 ޕްލަސް" ބައިސްކޯފު އެޕްލިކޭޝަނުން މިހާރު ބަލައިލެވޭނެ އެވެ.

އިއްޔެ ވަނީ އެ ފިލްމު ބައިސްކޯފު އެޕްލިކޭޝަނުގައި ސްޓްރީމްކޮށްފަ އެވެ.

އޮލިމްޕަސް ސްކްރީނުގައި ދައްކާފައިހުރި ގިނަ ފިލްމުތަކެއް މިހާރު ބައިސްކޯފު އެޕްލިކޭޝަނުން ބަލައިލެވޭނެއެވެ. އޭގެ ތެރޭގައި "ބޮސް"، "ނޯޓީ 40" އަދި "ރޭވުމުން" ހިމެނެ އެވެ.

ފޯޓޯ ޕްލަސް ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ އިސްމާއިލް ޝަފީއު ޕްރޮޑިއުސްކުރާ ފިލްމެކެވެ. ތ. ބުރުނީގައި މަންޒަރުތައް ނެގި އެ ފިލްމަކީ "ނޯޓީ 40"ގެ ސީކުއެލްއެކެވެ.

ކުޅަދާނަ ބަތަލު އަލީ ސީޒަން، މަނިކު، ސައީދު އެ ފިލްމުން ފެނިގެންދާނެއެވެ. އަދި ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވި މަރިޔަމް ޝިފާ، އާނަންދު، މަރިޔަމް ޝަކީލާ އަދި އަލަށް ތައާރަފްވާ ބަތަލާ އިރްފާނާ އިބްރާހީމް ފަދަ ތަރިންގެ އެކްޓިން ވެސް އެ ފިލްމުން ފެންނާނެ އެވެ.