26 Jan 2020, 11:35
އައްޑޫ އަތޮޅު ހެރެތެރޭގައި ހިންގާ ކެނެރީފް ރިސޯޓު މޯލްޑިވްސްގައި އިޓަލީގެ ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ އުމުރުން 67 އަހަރުގެ އިޓަލީ ފިރިހެން ފަތުރުވެރިޔަކު، ކެނެރީފްގައި މަރުވެފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 07:08 ހާއިރު ފުލުހަށް ލިބިފައިވާ ކަމަށެވެ.
އެމީހާ މަރުވެފައި އޮއްވާ ފެނުނު އިރު ބަލާ ބެލުމަށް އެމީހާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައި ފެންނަން ނެތް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅޭގޮތުން ބަލަން ޖެހޭ ކަންތައްތައް އިތުރަށް ބަލަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
ބ. އަތޮޅުގައި އޮންނަ ޑްރީމްލޭންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ވަނީ އިއްޔެ ގެނބިގެން މަރުވެފައެވެ. އެ ހާދިސާގައި މަރުވެފައިވަނީ 67 އަހަރުގެ ޗައިނާ ފަތުރުވެރިޔެކެވެ.