25 Jan 2020, 17:24
ބ. އަތޮޅުގައި އޮންނަ ޑްރީމްލޭންޑް ރިޒޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ ގެނބިގެން މަރުވީ އުމުރުން 67 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށެވެ.
އެގޮތުން މިއަދު އެ ހާދިސާ ހިނގިއިރު އެމީހާ ގެނބިގެން ހެލްތު ސެންޓަރަށް ގެންގޮސްފައިވަނީ 15:21ގައި ކަމަށް ފުލުހުން ބުނެއެވެ.
ހެލްތު ސެންޓަރުން ވަނީ އޭނާ މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ މިހާރު ދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.