ދިއްލީގެ ނެހްރޫ ސްޓޭޑިއަމުން: މުހައްމަދު ޝާން

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ގްރޫޕް ބީގެ ދެ ވަނަ މެޗުގައި ރާއްޖެއާއި ނޭޕާލް ކުޅުނު ފޯރި ގަދަ މެޗް 1-1 ލަނޑުން އެއްވަރު ވެގެން ނިމިއްޖެ އެވެ. މެޗު ފުރަތަމަ ލަނޑެއް ޖަހައި ލީޑެއް ހޯދި ނަމަވެސް މެޗް ވެގެން ދިޔައީ އުނދުލުން ރާއްޖެއަށް ޕޮއިންޓެއް ލިބުނު މެޗަކަށެވެ.

ނިއުދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި މިއަދު ރާއްޖެ ގަޑިން ހަވީރު 5:30 ގައި ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑުޖަހާ މެޗް ގެ ލީޑް ނެގީ ރާއްޖެއިންނެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ރާއްޖެއަށް ލީޑް ނަގައިދިން ހިތް ގައިމު ގޯލް ކާމިޔާބު ކޮށްދިނީ ކެޕްޓަން އަލީ އަޝްފާގް (ދަނގަަޑޭ) އެވެ. އޭނާ ލަނޑު ޖަހާފައި ވަނީ މެދު ތެރެއަށް ފައިބައި ބޯޅަ ދަމައި ގަނެ އަމިއްލަ މަސައްކަތުންނެވެ. ދަގަނޑޭ ޖެހި ބާރު ބޯޅަ ގޯލަށް ވައްދާލާފައި ވަނީ ފުޓްބޯޅައިގެ އެންމެ މަތީ ފެންވަރުގަ އެވެ.

މެޗް ފަށައިގެން ފުރަތަމަ މިނެޓް ތެރޭގައި ރާއްޖެ ކުޅެގަތް ނަމަވެސް މުޅި މެޗް ކޮންޓްރޯލްކޮށްގެން ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ ނޭޕާލުގެ ޒުވާން ހަލުއި ކުޅުންތެރިން ރާއްޖެ ކޮޅަށް ލަނޑު ޖަހައި ހަމަކޮށް، ހިތްހަމަ ޖެހުން ހޯދީ ދެ ވަނަ ހާފުގެ ފަސް ވަނަ މިނެޓުގެވެ. ނޭޕާލަށް ނަތީޖާ ހަމަހަމަ ކޮށްދިން ގޯލް ކާމިޔާބު ކޮށްދިނީ އެޓީމްގެ ސަންދީޕް ރާއީއެވެ.

އޭނާ ގޯލު ޖަހާފައި ވަނީ ނޭޕާލަށް ލިބުނު ކޯނަރެއް ނަގަން އުޅުނު ވަގުތު ނޭޕާލުގެ ކުޅުންތެރިޔަކު ބަދަލު ކުރުމުން ރާއްޖޭގެ ގިނަ ކުޅުންތެރިން ހުއްޓި އެދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ބޯޅަ ގޯލަށް ވަން އިރު ހުށިޔާރު ގޯލް ކީޕަރު އިމްރާން މުހައްމަދު ވެސް ބަލަހައްޓައިގެން ހުރީ އެވެ.

މެޗްގެ ދެވަނަ ހާފުގައި ނޭޕާލުން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރުމުން ދިވެހި ކުޅުންތެރިންގެ ކުޅުމަށް ބައްދަލުތަކެއް ކޯޗް އުރުބާނީ ގެނަ އެވެ. އެގޮތުން ދެ ވަނަ ހާފުގައި ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) ބޭލުމަށްފަހު، އިސްމާއިލް މުހައްމަދު ވަނީ ކުޅެންއެރުވި އެވެ. އަދި އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ ބަދަލުގައި ކުޅެން އެރީ މުހައްމަދު ޝިފާން(ކުޑައްޓޭ) އެވެ. އަދުހަމްގެ ބަދަލުގައި ބޮކްރީ ނެރުނެވެ.

ނަމަވެސް މެޗްގައި ނޭޕާލްގެ ފޯވާޑް ލައިންގައި ތިބި ހަލުއި ކުޅުންތެރިން ވަނީ ރާއްޖޭގެ ގޯލަށް ގިނަ ހަމަލާތަކެއްދީ ރާއްޖޭގެ ދިފާއީ ފާރަށް މެދު ނުކެނޑި ބާރު ބޮޑުކޮށްފައެވެ. ގިނަ ވަގުތު ދިޔައީ ދިވެހި ޓީމްގެ މެދު ތެރެއިން ދިފާއީ ކުޅުމެއް ނުކުޅެވި އެވެ. ނޭޕާލުން ރާއްޖޭގެ ގޯލަށް ދިން ހަމަލާތަކުގެ ހުރަހަކަށްވީ ރާއްޖޭގެ އެއްނަންބަރު ކީޕަރު އިމްރާން މުހައްމަދެވެ. ރާއްޖެއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނެވެ.

މިއަދުގެ މެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އަލީ އަޝްފާގް (ދަނގަޑޭ) އެވެ.

މެޗަށް ފަހު ރައްޖެ ޓީމުގެ ކޯޗް އުރުބާނީ، މެޗްގައި ޓީމް ނެރުނު ނަތީޖާއާއި މެދު ހިތް ހަމަޖެހޭ ކަަމަށާއި ކުރިއަށް އޮތް މެޗަކީ ވެސް ރައްޖެއަށް ފައިނަލް މެޗެއް ކަމަށެވެ. އަދި މެޗްގެ ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި ރާއްޖެގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށް ވެސް އުރުބާނީ ބުންޏެވެ.

ނޭޕާލްގެ ކޯޗް ރޮބެޓްސް ބުނީ، މެޗްގައި ޓީމަށް ލަނޑުޖަހާނެ ގިނަ ފުރުޞަތު ތަކެއް ލިބުކަމުގައި ވިޔަސް، އެ ފުރުސަތުގެ ބޭނުން ޓީމަށް ހިފޭގޮތް ވަނީ ނުވެފާ ކަމަށެވެ. އަދި ކުރިއަށް މެޗްގައި ނަތީޖާ ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށް ވެސް ރޮބެޓްސް ވަނީ ބުނެފައެވެ.


-----
ރާއްޖެ ލަނޑެއް ޖަހާފައި ވަނިކޮށް މޮޅަށް ކުޅެ ނޭޕާލުން ރާއްޖެއާ އެއްވަރުވެގެން ނިމިއްޖެ އެވެ. ރާއްޖެއަށް ލަނޑު ޖަހައިދިނީ ކެޕްޓަން އަލީ އަޝްފާގެވެ. ނޭޕާލުން ފަހު ހާފުގައި ލަނޑު ޖެހީ ސަންދީޕް ރާއީ އެވެ.

00:90 އިތުރު ވަގުތަށް ދެއްކި ތިން މިނެޓް ވެސް ހަމަވެއްޖެ އެވެ. މިވަތު ނޭޕާލުން ވެސް ބަދަލެއް އެބަގެނެ އެވެ. ފެބީ ފަނަރަ ނަމްބަރު ރާޖޫ އެވެ. އެރީ އަށް ނަމްބަރު ކުޅުންތެރިޔާ އެވެ. ނޭޕާލުގެ ޖުމާނޫ ރާއީއަށް ރީންދޫ ކާޑެއް ދައްކައިފި.

00:90 އަކުރުމް ނެގި ބޯޅަ ރާއްޖެއިން ނުރައްކާކޮށްފި. ޖުމާނޫ ރާއީ އަޝްފާގަށް ހަމަލާ ދިނުމުން ރާއްޖެއަށް ޖެހުމެއް ލިބިއްޖެ. ދެވެނަ ކޯނަރު ވެސް ކޯނަރަކަށް ބޭރުކޮށްލައިފި. އުމަރު ނެގި ކޯނަރާއެކު ނޭޕާލު ކުޅުންތެރިން ދިފާއުކޮށްފި.

http://sun.mv/albums/l_2556.jpg

00:90 އިތުރު ވަގުތަށް ތިން މިނެޓް ދީފި. ރާއްޖެއަށް ޖެހުމެއް ލިބިފައި އަކުރަމް ފޮނުވާލުމުން ނާޕާލުން ކޯނަރަކަށް ބޭރުކޮށްލައިފި.

00:87 ރާއްޖެއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެއްޖެ. އޭގެ ފަހުން ޖުމާނޫ ރާއީއަށް ރަނުގެ ފުރުސަތެއް ލިބުނު އިރު އޮފްސައިޑް، މިހާރު އޮއްޕޮ ބާލާފައި ކުޑައްޓޭ އަރުވައިފި.

ޒަރިޔަންދު - މިއީ މެޗުގެ ވަރަށް ކުރިން ގެންނަން ޖެހޭ ބަދަލެެއް.

00:84 ކޯނަރު ނޭޕާލުގެ ކެޕްޓަމް ތާޕާ ދިފާއުކޮށްފި. އެބޯޅައިން ޖުމާނޫ ރާއީ ވަނީ ހަމަލާދީ ރާއްޖޭގެ ގޯލަށް ނުރައްކާކޮށްފައި

00:84 ނޭޕާލްގެ ސަންދީޕަށް ރީންދޫ ކާޑު ދައްކައިފި. ހަމަލާ ދިނީ އަޝްފާގަށް ހަމަލާ ދިނުމުން. މެޗު ނިމެން އޮތީ ދެ ތިން މިނެޓް. މިވަގުތު ރާއްޖެއަށް ކޯނަރެއް ލިބިފައި.

00:84 އަނެއްކާ ވެސް ސަންދީބު ހަމަލާ އުފައްދަނީ. އެކަމު ބޯޅަށް ބޭރުވެއްޖެ. މިހާރު ރާއްޖެއިން ކުޅެވޭތޯ އުޅެނިކޮށް ފައުލު ކުރެވި ނޭޕާލަށް ޖެހުން. މިޙާރު އޮއްޕޮނ ކުރިއަރަނީ. މިހާރު ބޮންޑާ ކުރި ކުށަކަށް ނޭޕާލަށް ޖެހުމެއް

00:83 ސަންދީބު ފޮނުވާލި ބާރު ބޯޅައެއް ސާފިއު ކޯނަރަކަށް ބޭރުކޮށްލައިފި.

00:80 ނޭޕާލްގެ އަނިލް ފޭބުމަށް ފަހު ސްރޭސްތާ ކުޅުން ނުކުމެއްޖެ.

http://sun.mv/albums/l_2555.jpg

00:80 ޖުމާނޫ ރާއީ އަށް ލިބޭ ކޮންމެ ފުރުސަތެއްގައި ރާއްޖެއަށް ނުރައްކާވާން ފަށައިފި. ތޯރިގުގެ ބަދަލުގައި އިސްމާއިލް އެރުމަށް ފަހު ވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކޭ.

00:79 ނޭޕާލުގެ ރާއްޖޭގެ ދެކުޅުންތެރިން ކަޓުވާލުމަށް ފަހު ކުރި ކުށަކަށް ރާއްޖެއަށް ޖެހުން.

00:79 ރާއްޖޭގެ އިއްސާ ހަމަލާއަށް އަރަނީ. ނޭޕާލުން ދިފާއުކޮށް ބޭރުކޮށްލައިފި

00:76 ނޭޕާލަށް ކޯނަރެއް ލިބިއްޖެ، ކުރިން ވެސް ލަނޑު ޖެހީ ކޯނަރެއްގެ ތެރޭގައި ލިބުނު ފުރުސަތަކުން.

00:76 ރާއްޖެއަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެއްޖެ

00:76 ނޭޕާލުގެ ކުޅުންތެރިން އަނެކެއްވެސް ހުސް ފުރުސަތެއް ތަނަވަސްކޮށްފި

ނަމާދު ވަގުތު

00:72 ނޭޕާލުގެ ޒުވާން ހަލުއި ކުޅުންތެރިން ކައިރިން ރާއްޖެއަށް ސަލާމާތް ނުވެވިގެން އުޅޭއިރު ނޭޕާލުގހެ ހަމަލާތައް ދަނީ ވަރުގަދަވަމުން.

00:69 ތޯރިގު ބާލައި އިސްމާއިލް އަރުވައި ރަނގަޅަށް ހަމަނުޖެހި އުޅެނިކޮށް ޖުމާނޫ ރާއީ ވަރުގަދަ ހަމަލާއެއް ރާއްޖޭގެ ގޯލަށް ދީފ.

00:66 ސަންދީޕް ބޯޅައާއެކު ކުރި އަރަނީ. މިހާރު ރާއްޖޭގެ ޓޮމް ކުރިއަށް ފޮނުވާލުމާއެލު ބޯޅަށް ބޭރަށް.

00:64 ރާއްޖެއިން ހަމަލާއެއް އުފެއްދޭތޯ އުޅެނިކޮށް ނޭޕާލުން ފައުލުކޮށްފި. އުމޭރު ޖެހުން ފޮނުލުމުން ޓީމް ކުރިއަރަނީ.

00:64 އަޝްފާގު ނުކުމެއްޖެ. އަޮއްޕޮ އުފެއްދި ހަމަލާ ނޭޕާލްގެ ކީޕަރު ކިރަން ދިފާއުކޮށްފި.

http://sun.mv/albums/l_2551.jpg
00:61 އަޝްފާގަށް ފަހަތުން ދިން ހަމަލާއެއްގައި ކުޅުން މެދު ކެނޑިފައި. މިހާރު އަޝްފާގަށް ފަރުވާ ދިނުމަށް އަށިގަނޑުގައި ބާލަނީ. އަޝްފާގު ވައްޓާލާފައި ވަނީ ފަހަތުން ދަތި އަޅުވައިގެން. މިވަގުތު ދަނޑުމަތީގައި ރާއްޖޭގެ 10 ކުޅުންތެރިން.

ޒަރިޔަންދު - ދިހަ ކުޅުންތެރިންނޫން. އަޝްފާގު ނެތުމަކީ 50 ޕަސެންޓް ނެތުން

00:61 މުޅި މެޗް ކޮންޓްރޯލްކޮށް ނޭޮޕާލުން ދަނީ ހަލުއި ކުޅުމެއް ދައްކަމުން ސަންދީޕާއި އަނިލް އަދި ފަހު ހާފުގައި ނުކުތް ޖުމާނޫ ރާއީ ގުޅިގެން ރާއްޖޭގެ ގޯލަށް ނުރައްކުރުން ވަނީ އިތުރުވެފައި. އަނެއްކާވެސް ހަމަލާއެއް ދީފި. ރާއްޖޭގެ ޓީމް މިހާރު އޮތީ ޕްރެޝަރުގައި. ދެންމެ ހަމަލާއެއް އުފެއްދީ ރޮބިން

ޒަރިޔަންދު - ފުރަތަމަ ހާފުގައި ވެސް ފެނުނު ވަރުގަދަ ނޭޕާލު މިފެންނަނީ. އެއާ ހިލާފަށް ރާއްޖެއަށް އުޅެެވެނީ ދިފާއު ނުކުރެވިެގން

00:55 ފަހު ހާފުން ނުވަ މިނެޓް ކުޅުނު އިރު ކެނޑިނޭޅި ނޭޕާލުން ދަނީ ހަމަލާ ދެމުން. ނޭޕާލްގެ އަނިލްގެ ހަމަލާތައް ރާއްޖެއަށް ކޮންޓްރޯލް ކުރުމުގައި ވަނީ ވަރަށް ބޮޑު ގޯސްތައް ހެދިފައި. ނޭޕާލްގެ ރޮބިން އާއި އަނިލްގެ ކުޅުމުން ރާއްޖެވަނީ ހާސްކަމުގެ ތެރެއަށް ވެއްޓިފައި.

ޒަރިޔަންދު - ހާލަތު މިހާރު މިވަނީ ވަރަށް ބޮޑަށް ގޮސްވެފައި ރާއްޖޭގެ ޓީމް ބޯޅަ ހިފަހައްޓައި ޔަގީންކަން ހޯދަން އެބަޖެހޭ.

00:53 ރޮބިންގެ ނުރައްކާތެރި ހަމަލއެއް ދަނޑީގައި ޖެހިފައި ބޭރަށް. ފަސް ކުޅުންްތެރިން ހަމަލާގައި ބައިވެރިވި އޭގެ ބޭރުން ފަސް ކުޅުންތެރިން ތިބި.

00:48 ހުހަށް ލިބުނު ބޯޅައެއްގައި ނޭޕާލުން ލަނޑު ޖަހައިފި. ކޯނަރު ނެގުމާއެކު ސަންދީޕް ގޯލު ޖެހި އިރު ރާއްޖޭގެ ކުޅުންތެރިން ތިބީ ހުއްޓިފައި. ރާއްޖެއަށް ކޯނަރެއް ލިބިއްޖެއް. ކޯނަރުގައި ބަކާއާއި އޮއްޕޮއާ އަށް ފުރުސަތު ލިބުނު އިރު އަޝްފާގު އޮފްސައިޑް

00:48 ނޭޕާލްގެ ހަލުއި ކުޅުން ތަކުރާރުކުރެވޭތޯ މަސައްކަތް ކޮށް އޭރިޔާތެރެއަށް ވަދެ ފޮނުވާލި ބޯޅައިގައި ބާރެއް ނެތް. މަސައްކަތް ވަރަށް ފުރިހަމަ. ނޭޕާލަށް ކޯނަރެއް.

00:47 ނޭޕާލުގެ އަނިލް ވަރަށް ދުރުން ރާއްޖޭގެ ގޯލަށް ހަމަލާ އެއް ދީފި.

00:47 ނޭޕާލްގެ އަނިލް ފައުލްކޮށްފި، ޖެހުން ފޮނުވާލީ އަކުރަމުން، ދެޓީމް ވެސް ބޯޅަ ކޮންޓްރޯލް ކުރަން މަސައްކލަތް ކުރަނީ. ނޭޕާލްގެ ސަންޓޯސް ހަމަލާ އުފެއްދަން މަސައްކަތް ކުރަނީ

00:46 ނޭޕާލުގެ ކުޅުންތެރިން ބޯޅައާކު ރާއްޖޭގެ ހާފުތެރެއަޢްވަނުމަން މަސައްކަތް ކުރަނީ. ޖުމާނޫރާއީ އާއި ސަންތޯސް ހަމަލާ އުފައްދަނީ.

00:46 ދެވަނަ ހާފު ފަށައިގެން ރާއްޖޭގެ ހާފުގެ ތެރެއަށް. ބަކާ ދިފާއިކޮށްފި.

00:46 ދެވަނަ ހާފު ފަށައިދެނީ ނޭޕާލުން.

00:00 ދެވަނަ ހާފުގެ ކުޅުން ފެށުމަށް ދެޓީމް ކުޅުންތެރިން ނުކުމެއްޖެ. ކުޅުންތެރިން ނުފެށި ލަސްވަނީ ރާއްޖޭ ފަޅީގެ ގޯލުގެ ދާގަނޑުގެ މައްސަލައެއް ޖެހިގެން. އޮފިޝަލުން މިހާރު ދާގަނޑު ޗެކް ކުރަމުން އެބަދޭ.

ޒަރިޔަންދު - މި ބަދަލުގެ ސަބަބުން ރާއްޖެއަށް ފައިދާ ކުރާނެ.

ދިއްލީން އަލީ ޝިމްރީ - ފުރަތަމަ ހާފުގައި ނޭޕާލުން ވަރަށް ރަނގަޅަށް ކުޅެ ރާއްޖެއިން ދިފާއުކޮށް ލަނޑެއްޖެހީ. އެ ލަނޑަކީ އެއްވެސް ޝައްކެތް ނެތް ވަރުގެ މޮޅު ގޯލެއް. ދަނޑުގައި ރައްޖޭގެ ފަސްދޮޅަހަކަށް މީހުން ދިދަ ހިފައިގެން އެބައުޅޭ.

"ރާއްޖޭގެ އަދުހަމް ބާލައިފި. މިހާރު ބޮކްރީ އަރުވައިފި މިހާރު، އެއީ ހަމަ ހީކުރި ކަހަލަ ބަދަލެއް" ޝިމްރީ ބުންޏެވެ.

ޒަރިޔަންދު - ރާއްޖެއިން ބަދަލުތަކެއް އަތުވެދާނެ. އެގޮތުން އަދުހަމުގެ ބަދަލުގައި އެހެން ކުޅުންތެރިޔަކުޔ ނެރެފާނެ ކަމަށް. އެގޮތުން އަދުހަމު ކުޅޭ ތަނަށް އޮއްޕޮ ޖައްސާފައި ކުޑައްޓޭ ބޭނުން ކޮށްފާނެ. ފަހަރުގައި އިއްސޭ ބޭނުން ކުރުމަކީ އެކަށީގެންވާ ކަމެއް. އަދުހަމުގެ ކުޅުމެއް ނުފެނުނު، އެނޫން ބައެއް ކުޅުންތެރިންގެވ ކުޅުމެއް ވެސް ނުފެނުނު. ރާއްޖެ ޖެހެނީ ޕާސިން ގޭމެއް ކުޅެނެ.

ޒަރިޔަންދު - ނޭޕާލު އެތުރިފައި އޮތް ގޮތުން ގޭމް ކުޅޭއިރު ވަރަށް ގިނަ ކުޅުންތެރިން ހަމަލާގައި ބައިވެރިވޭ. އެ ހަމަލާތައް ހުއްޓުވާނަމް ފަސް ކުޅުންތެެރިނ ހުއްޓުވަން ރާއްޖެއިން މައްސައްކަތް ކުރަންޖެހޭ. އެމީހުން ތިބީ ބޮޑަށް މެދުތެރޭ ކުޅޭ ގޮތަށް ރާއްޖެ އޮތީ ހަމަލާއަށް އިސްކަން ދޭ ގޮތަށް.

ޒަރިޔަންދު - ރާއްޖެ އެތިފައިވާ ގޮތަށް ބަލައިރު ހަތަރު ކުޅުންތެރިން ފިޔަވައި ދެންތިބީ ދިފާއު ކުޅުންތެރިންނެއް ނޫން. މެދުތެރެއިން ވެސް ބަކާއަކީ ދިފާއީ ކުޅުންތެރިއް. އެހެންވީމަ ރާއްޖޭގެ ދިފާއީ މެދެއް ނެތުމުގެ ސަބަބުން ނޭޕާލްގެ ޒުވާން ކުޅުންތެރިން ވަނީ އޭގެ ފައިދާ ނަގައި ކުޅެގެންފައި. އެހެންވުމުގެ ސަބަބުން މެދަށް ފައިބާ އަޝްފާގަށް ޖެހެނީ ބޯޅަ ހޯދަން. އޭގެ ބޯޅައަކުން ގޯލު ޖެހީ. ނޭޕާލްގެ ޓީމް ރޮބިން ހުއްޓުވާނަމަ ބޮންޑާ ކައިރި ކުރަން ޖެހޭ. މެޗްގެ 20 މިނެތް ފަހުން ކަނާ ފަރާތުން ހަމަލަތައް ނޭޕާލުން އުފެއްދީ. އެކަންތައްތައް ހުއްޓުވަން ރާއްޖެގެ ދިފާއީ ކުޅުންތެރިން ޖެހޭ މަސައްކަތް ކުރަން އޭގެ ކުރިން މެދުރެއިން ދިފާއަށް ކުޅެން ޖެހޭ. އެހެން ނޫނީ ޖެހޭނީ ފަހަތުން ދުވަން.


00:45 އަސްާފާގު ލަނޑު ޖަހައިފި. ވަރަށް ބާރަށް ފޮނުވާލި ބޯޅައެއް ގޯލަށް ވަދެ އެއް ލަނޑުގެ ލީޑަކާއެކު ހާފު ނިންމާލައިފި.

ޒަރިޔަން - ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް މިލަނޑުވެގެންދާނެ. މުޅި މެޗުހެން ނޭޕާލުން ކޮންޓްރޯލްކޮށްގެން ކުޅެނިކޮށް އަޝްފާގު ޖަހައިދީފައި ވަނީ ވޯލްޑް ކްލާސް ގޯލެއް.

00:45 އުމެރަށް ރީންދޫ ކާޑު ދައްކައިފި. ނޭޕާލުގެ ރޮބިންއަށް އުމެރޭ ވަނީ ހަމަލާ ދީފައި.

00:43 ރާއްޖޭ އޮއްޕޮއަށް ރަނގަޅު ފުރުސަތެއް ލިބުނު އިރު ހުރީ އޮފްސައިޑްވެފައި. މިހާރު ނޭޕާލަށް ޖެހުމެއް ލިބިފައި. ސަންދީޕް ފޮނުވާލައިފި.

00:43 އަސްފާގު ދެވަނަ ހަމައެއް އުފެއްދޯތޯ މަސައްކަތް ކުރި ފަހުން ނޭޕާލުން ވަނީ ހަމަލާއެއް އުފައްދާފައި. ނޭޕާލްގެ ހަމަލަތައް މަދުވެ ރާއްޖެއިން ވެސް ކުޅުން ރަނގަޅު ކުރަން ފަށައިފި.

00:43 އަސްގާފު ހުސްކޮށް އަރައި ޖެހި ބޯޅަ ނޭޕާލުން ދިފާއުކޮށްފި. އޭނާ ވަރަށް މަސައްކަތުން އުފެއްދި ހަމަލާއެއް. ނޭޕާލުން ސަލާމަތް ކުރީ ގޯލަށް ވަދެވަދެ އޮއްވާ.

00:40 ރާއްޖޭގެ ބަކާ ނޭޕާލްގެ ޖަގީތަށް ފައިލް ކޮށްގެން ސަންދީޕް ފޮނުވާލައިފި. ރާއްޖެއިން ދިފާއުކޮށް ބޭރަށް ފޮނުވާލައިފި.

00:40 ނޭޕާލުން އަނެއްކާވެސް ހަމަލާ އުފގައްދަނީ . ފޮނިވާލި ބޯޅަ އިމްރާނަށް. ބޯޅައިގައި ބާރެއް ނެތް.

00:37 ނޭޕާލްގެ ހާފުން ނޭޕާލްގެ ސަންދީޕް ފައުލްކޮށްފި. ނޭޕާލްގެ ހާފުތެރެއިން އަނެއްކާވެސް ނޭޕާލް ކުރިއަރަނީ. އަނިލްގެ ނުރައްކޭތެރި ހަމަލައެއް. މިއީ އެނާގެ ދެވަނަ ހަމަލާ.


00:35 ޖުމާނޫ ރާއި އޮފސައިޑް ވުމުން ލިބުނު ޖެހުމެއް ރާއްޖެއިން ފޮނުވާލައިފި. އެކަމަކު ނޭޕާލުން ބޯޅަ ހޯދައި ހަމަލާ އުފައްދަން ދަނީ މަސައްކަތް ކުރަމުން

00:35 އޮއްޕޮގެ ހަމަލައެއް ބޭރަށް. ނޭޕާލްގެ ކީޕަރު ކިރަން ބޯޅަ ފޮނުވާލައިފި

ޒަރިޔަންދު - ރާއްޖެ މެޗުގެ ތެރެއަށް ވަދެވޭތޯ މަސައްކަތް ކުރެވޭތޯ އެބަލާ، އެކަމަކު ނޭޕާލު ފެންނަނީ ވަރުގަދަ ނޭޕާލެއްގެ ގޮތުގައި.

00:32 ރާއްޖެއިން ބޯޅައާއކު ކުރިއަރާގައިގެން ދަނިކޮށް ނޭޕާލުން ދިފާއުކޮށްފި، އޭގެ ފަހުން ޓޮމް ވަނީ ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކޮށްފައި.

00:32 ނޭޕާލްގެ ގަގީތު ކުރި ފައިލަކާ ގުޅިގެން އޮއްޕޮއަށް އަނިޔާވެއްޖެ. އެކަމަކު އޭނާ ވަނީ ކުޅުމަށް އައިސްފައި.

00:30 ރާއްޖެއަށް ޖެހުމެއް ނޭޕާލްގެ ހާފުތެރެއިން. އުމެއިރު ބޯޅަ ފޮނުވާލަނީ. އަސްއަަދށް ލިބުނު ބޯޅަ ނޭޕާލުން ދިފާއު ކޮށްފި.

00:30 އޭނާ ފޮނުވާލިބޯޅަ އިމްރާން ދިފާއު ކުރުމުން ދެވަނަ ހަމަލާއެއް ވެސް އިމްރާން ދިފާއުކޮށްފި

00:29 ނޭޕާލަށް ޖެހުމެއް ލިބިފައި. ނޭޕާލުން އަނެއްކާވެސް ހަމަލާ އުފައްދައި ޖެހުމެއް ހޯދައިފި. ނޭޕާލްުން ޖެހުން ފޮނުވާލަނީ ސަންދީޕް ފޮނުވަލަނީ

00:27 ރާއްޖެއަށް ޖެހުމެއް. ރާއްޖެއިން ޓޮމް ފޮނުވާލި ބޯޅަ ބޭރަށް. އުމޭރަށް އަނިޔާވެއްޖެ

ޒަރިޔަންދު - ނޭޕާލްގައި ތިބީ އެވްރެޖް 22 އަހަރުގެ ޒުވާން ކުޅުންތެރިންތަކެއް އެކުޅުންތެރިން ވަރަށް ހަލުއި ކަމާއެކު ކުޅެމުން އެބަދޭ

00:27 ރާއްޖޭގެ ޕެނަލްޓީ އޭރިޔާތެރެއިން ނޭޕާލްގެ އަނިލްގެ ނުރައްކާތެރި ހަމަލާއެއް އިމްރާން ދިފާއުކޮށްފި.

00:26 މިވަގުތުވެސް މެޗް ޑޮމިނޭޓް ކުރަމުން ދަނީ ނޭޕާލް. މިވަތު ރާއްޖެއިން ބޯޅަ އެއްލަނީ.

00:22 ރާއްޖޭގެ ޓީމަށް އަދި އެއްވެސް ވަރަކަށް މެޗުގެ ތެރެއަށް ވަދެވެފައެއް ނުވެއެވެ. މެޗް ފަށައިގެން ދަގަނޑޭ ކުޅެގަތް ނަމަވެސް މިވަގުތު ދިވެހި ޓީމް ވަނީ ޕްރެޝަރަށް ވެއްޓިފަ އެވެ.

00:20 ނޭޮޕާލްގެ ހަތް ނަމްބަރު ކުޅުންތެރިޔާ ހުނަރުގެ ބޭނުން ކޮށްގެން ރާއްޖޭގެ ދިފާއަށް ނުރައްކާ ކުރަމުން އެބަދޭ. ގާތްގާތްތުގައި އޭނާ ވަނީ ހަމަލާ އުފައްދާފައި. ފުލުފުލުގައި ނޭޕާލުން ދެ ހަމަލާ އުފައްދައިފި

00:18 ނޭޕަލް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ނާކާމިޔާބު ވެއްޖެ. ނޭޕާލްގެ ހަތް ނަމްބަރު ކުޅުންތެރިޔާ ގެ ނުރައްކާ ވަނީ ބޮޑުވެފައިޮ.

00:17 ނޭޕާލް ޕެނެލްޓީ އޭރިއާ ދިމާއިން ރާއްޖެއިން އެއްލައިފި، ބޯޅަ އަނެއްކާވެސް ބޭރަށް. ނޭޕާލް އިން ވަނީ ވަރަށް އަވަސް ގޭމެއް ޖައްސާފައި.

00:17 އަނެއްކާވެސް ނޭޕާލް ކުޅުންތެރިން ރާއްޖޭ އޭރިޔާތެރެއަޢް ވަންނަން މަސައްކަތް ކުރަނީ.

00:15 ނޭޕާލް ކުޅުންތެރިންގެ ނުރައްކާތެރި ހަމަލައެއް. ހަތްނަމް ބަރު ކުޅުންތެރިޔާ އޭރިޔާތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލިއިރު ފައުލްކޮށްފައި.

http://sun.mv/albums/l_2554.jpg

00:15 ރާއްޖޭގެ ހަމަލާއެއް ނާކާމިޔާބު ވެގެން ހިންގައްޖެ. މިހާރު ރަނގަޅަށް ކުޅެމުން ދަނީ ނޭޕާލް. ނޭޕާލް ޓީމް ވަރަށް ބޮޑަށް ކުރިއަރައިގެން ކުޅެމުން އެބަދޭ. މެޗް ފެށުނު އިރު ރާއްޖެއިން ވެސް ރަނގަޅަށް ކުޅުނު

00:13 ރާއްޖޭގެ ޕެނެލްޓީ އޭރިއާ ބޭރުން ނޭޕާލް ކުޅުންުތެރިޔަކު ހަމަލާ އުފެއްދި އިރު އޮފްސައިޑްވެފައި.

00:12 ނޭޕާލްގެ ކުޅުންތެރިއެއް ފޮނުވާލި ބާރު ބޯޅައެއް ބޭރަށް. މިވަތު ރަނގަޅަށް ކުޅެމުން ދަނީ ނޭޕާލް

00:12 ޓޮމް ބޯޅަ ފޮނުވާލި އިރު އަޝްފާގު އޮފް ސައިޑް،

00:11 ރާއްޖޭގެ ކުޅުންތެެރިން ޕެނެލްޓީ އޭރިޔާ ތެރެން ދިފާއިކޮށް ނެރުމުން ނޭޕާލުން ޖެހި ބޯލަށް ދަނޑިމަތިން ބޭރަށް

00:10 ނޭޕާލު ކުޅުންތެރިން ހަމާ އުފެއްދުމުގައި ކުރި އަރައި މަސައްކަތް ކުރަނީ. މިވަގުތު އޮތީ ރާއްޖެއަށް ޖެހުމެއް ލިބިފައި.

00:06 ރާއްޖެއަށް ޖެހުމެއް. ޝާފިއުއަށް ފައުލު ކުރުމުން ޖެހުން ފޮނުވާލީ ވެސް އޭނާ. ރާއްޖޭއިން އޮއްޕޮ ހަމަލާއެއް އުފައްދަން މަސައްކަތްކޮށްފި.

00:06 ނޭޕާލުން ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކުރަނީ. ނޭޕާލް ކުޅުންތެރިޔަކު އޮފް ސައިޑް

00:03 އަސްފާގު ހަމަލާ އެއް އުފައްދަން އުޅުމުގެ ތެރޭގައި އަޝްފާގަށް ހަމަލާ ދިނުމުން ނޭޕާލްގެ 19 ނަމްބަރު ކުޅުންތެރިޔާއަށް ރީންދޫ ކާޑު ދައްކައިފި

00:01 ރާއްޖެއަށް ޖެހުމެއް ލިބިފައި ދަނޑޭއަށް ކުރި ފައިލަކާ ގުޅިގެން. ޖެހުން ބޭރަށް.

00:01 ނޭޕާލާއި ރާއްޖޭގެ ސަޕޯޓަރުން ވެސް ދަނޑުގައި އެބަތި. އަދި ކުޅުން ފެންނަނީ ވަކިކޮޅަކަށް ބުރަވާ ގޮތަކަށް ނޫން.

00:00 ރާއްޖެ އިން މެޗް ފަށައިފި

މިހާރު ދެޓީމްގެ ގައުމީ ސަލާމް ކުޅެ ނިމިއްޖެ އެވެ. މިހާރު ވަނީ މެޗް ފަށަން ތައްޔާރުވެފައެވެ. މެޗްގެ ލައިވް ކަވަރޭޖް ގެނެސްދޭއިރު އެނަލިސްޓެއްގެ ގޮތުގައި އިސްމާއިލް ޒަރިޔަންދު ސަން އޮންލައިންގެ ޓީމްގައި ބައިވެރިވެ އެވެ. ދަނޑުގައި ވަރަށް ގިނަ އަދަދަ

ދާދި ދެންމެއަކު ސަން އެފްއެމަށް ދެއްވެވި އިންޓަވިއު އެއްގައި މެނޭޖަރު އަލީ ވަހީދު ނެހްރޫ ސްޓޭޑިއަމުންގައި ހުންނައިގެން ގައުމީ ވިދާޅުވީ ޖެހިލުންވާ ވަރުގެ އެއްވެސް ޓީމެއް ސާފު ޗެންޕިއަން ޝިޕްގައި ނެތް ކަމަށެވެ. އަދި ދިވެހި ޓީމް އޮތީ ބިރު ފަހަނައަޅާ ގޮސް މޮޅުވާން ކަމަށެވެ. ނޭޕާލާ ދެކޮޅަށް ނުކުންނަ މެޗްގައި މޮޅުވާން ދިވެހި ޓީމް ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ނުކުންނާނީ ދިވެހިންގެ ފުޓް ބޯޅައިގައި ކުޅެގެން މޮޅުވާން. މި މުބާރާތުގައި އަޅުގަނޑުމެން ޖެހިލުންވާވަރުގެ ޓީމެއް ނެތް. އަޅުގަނޑުމެން މިތިބީ ބިރު ފަހަނައަޅާ ނުކުމެ، އިރާދަ ކުރެއްވިއްޔާ މޮޅުވާން މިތިބީ،"
ގައުމީ ޓީމަށް ސަޕޯޓް ދިނުމަށް އެކި މީޑިއާތަކުން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާ ކުރައްވަމުން އަލީ ވަހީދު ވިދާޅުވީ އެކި މީޑީއާތަކުން ދިވެހިންގެ ފޯރި ފެނިގެން ދިއުމުން ޓިމު އޮތީ ވަރަށް އުފާވެފަ ކަމަށެވެ.


ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ބީގެ ދެވަނަ މެޗުގައި ރާއްޖެ އާއި ނޭޕާލް ވާދަކުރާ މެޗް ރާއްޖޭގެ ގަޑިން 5:30 ގައި ފަށާނެ އެވެ. މެޗް ކުޅުމަށް ދިވެހި ޓީމާއި ނޭޕާލްގެ ޓީމް ވެސް މިވަތު ވަނީ ނެހުރޫ ސްޓޭޑިއަމަށް އައިސްފަ އެވެ.

މެނޭޖަރު އަލީ ވަހީދު ދާދި ދެންމެއަކު ބުނީ ކުޅުންތެރިން ތިބީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށައި މެޗުން މޮޅުވާން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި ނޭޕާލަކީ ވެސް ވަރުގަދަ ޓީމެއް ކަމަށެވެ.

"އަޅުގަނޑުމެން ނުކުންނާނީ އަޅުގަނޑުމެންގެ ގޭމް ކުޅެ މޮޅުވާން،" އަލީ ވަހީދު ވިދާޅުވި އެވެ.

ރާއްޖެ އާއި ނޭޕާލް މެޗްގެ ލައިވް ވެބްކާސްޓާއި ލައިވް ސްޓްރީމް ގެނެސް ދިނުމަށް އަޅުގަނޑުމެން ކުޑަކުޑައިރުކޮޅެއްގެ ތެރޭގައި ބައްދަލު ކުރާނަމެވެ.

http://sun.mv/albums/l_2558.jpg
ރާއްޖޭގެ ފުރަތަމަ އެގާރަ:

އަލީ އަޝްފާގް )ކެޕްޓަން(
އިމްރާން މުހައްމަދު )ގޯލްކީޕަރު(
އައްސަދު އަބްދުލް ގަނީ
ޝާފިއު އަހުމަދު
ޝަމްވީލް ގާސިމް
އަކުރަމް އަބްދުލް ގަނީ
މުހަަައްމަދު އުމެއިރު
މުހައްމަދު އާރިފް
ހަސަން އަދުހަމް
އިބްރާހިމް ފަޒީލް
އަހުމަދު ތޯރިގް