ނިއުދިއްލީގެ ނެހުރޫ ސްޓޭޑިއަމުން: މުހައްމަދު ޝާން


ސަރަހައްދީ ފުޓްބޯޅަ އީދު ހުޅުވުމުގެ މެޗުގައި ގުރޫޕް ބީގެ ޕާކިސްތާނާއި ބަންގާޅު ވާދަކުރި މެޗް 0-0 އިން ދެ ޓީމް އެއްވަރުވެގެން ނިމިއްޖެއެވެ.

ނިއުދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި ރާއްޖެ ގަޑިން މިއަދު 2:30 ގައި ކުޅުނު މިމެޗްގައި ދެޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ވަނީ ލިބިފ ައެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފް ޕާކިސްތާނުން ދެއްކި މޮޅު ކުޅުމުގެ ސަބަބުން، އިދިކޮޅު ބަންގްލަދޭސްގެ ކުޅުމަށް ބަދަލުތަކެއް އައިކަން ފާހަގަ ކުރެވުނެވެ.

މެޗްގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ޕާކިސްތާނުން ވަނީ ބަންގްލަދޭޝްގެ ގޯލަށް ނުރައްކާތެރި ދެ ތިން ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް ފާކިސްތާނުން މިއަދުގެ މެޗްގައި ބަންގްލަދޭޝްގެ ގޯލަށް ފޮނުވާލި ހަމަލާތަކުގެ ތެރިން އެންމެ ފާހަގަ ކޮށްލެވުނީ އެޓީމްގެ ކާން ފޮނުވާލި ބާރު ބޯޅައެވެ.

މެޗްގެ ދެ ވަނަހާފުގައި ވެސް ދެޓީމަށް ވަނީ ލީޑް ނަގާނެ ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ދެ ވަނަ ހާފުގައި އެންމެ ފާހަގަ ކޮށްލެވުނީ މެޗް ނިމެން އުޅެނިކޮށް ޕާކިސްތާންގެ ކާންއަށް ލިބުނު ރަނުގެ ފުރުޞަތެވެ. ނަމަވެސް ކާން ވަނީ އެފުރުޞަތުގެ ބޭނުން ގެއްލުވާލައިފައެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބަންގްލަދޭޝްގެ ޤައުމީ ކޯޗް ސުޖާން ބުނީ، މެޗްގެ ލީޑް ނެގުމަށް ގިނަ ފުރުޞަތުތަކެއް ލިބުނު ނަމަވެސް އ ެފުރުޞަތުތައް ބޭކާރު ވުމަކީ ޓީމަށް ލިބުނު ދެރައެއް ކަމަށެވެ. އަދި މިއަދުގެ މެޗްގައި ޓީމް ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށް ވެސް ސުޖާން ބުންޏެވެ.

ޕާކިސްތާންގެ ކޯޗް ޖަވިސާ ބުނީ، ބައިކޮޅަށް ގޯލެއް ނުވަދެ މެޗް އެއްވަރު ވުމުން ހިތް ހަަޖެހޭ ކަމަށާއި މެޗްގައި ޓީމްގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވެސް ހިތް ހަމަޖެހޭ ކަމަށެވެ. އަދި މިމެޗް އެއް ވަރުވުމުން ސެމީގައި ކުޅުމުގެ ހިތްވަރު އާވެއްޖެ ކަމަށް ވެސް ޖަވިސާ ބުންޏެވެ.

މިމުބާރާތުގެ ދެވަނަ މެޗުގައި ޕާކިސްތާން ދެން ބައްދަލު ކުރަންޖެހޭނީ ރާއްޖެއާއި ދެކޮޅަށެވެ. އަދި ބަންގްލަދޭޝް ބައްދަލު ކުރަން ޖެހޭނީ ނޭޕާލާ ދެކޮޅަށެވެ. މި ދެމެޗް ވެސް ކުޅޭނީ އަންނަ އާދިއްތަ ދުވަހުއެވެ.

----

ސަރަހައްދީ ފުޓްބޯޅަ އީދު ހުޅުވުމުގެ މެޗުގައި ގުރޫޕް ބީގެ ޕާކިސްތާނާއި ބަންގާޅު ވާދަކުރި މެޗު ހަމަހަމަވެގެން ނިމިއްޖެ އެވެ. މެޗަށް ބަލާއިރު ދެޓީމުން ކުރެ އެއްޓީމަކަށް ވެސް އެދެވެ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި އެކަށީގެންވާ ހަމަލާތަކެއް އުފެއްދިފައި ނުވާއިރު އާދަޔާ ހިލާފު ހުނަރު ހުރި ކުޅުންތެރިޔަކު ވެސް ފެނިފައެއް ނުވެއެވެ.

00:93 އިތުރު ވަގުތު ނިމެމުން ދަނީ. މި ދެޓީމުގެ ކުޅުން ވެސް ފެނިގެން ދިޔައީ ވަރަށް އާދައިގެ ގޮތަކަށް.

00:90 މެޗް ނިމެންދާއިރު ބަންގާޅުން އަނެއްކާވެސް ގޭމް އަވަސް ކުރެވޭތޯ މަސައްކަތް ކުރަމުން އެބަދޭ. އެހެންނަމަވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކޭ، މި ދެޓީމްގެ ކުޅުމަށް ބަލާއިރު ވެސް ހުނަރުވެރި އާދާޔާ ހިލާފު ކުޅުމެއް ކުޅޭ އެއްވެސް ކުޅުންތެރިޔަކު ނުފެނޭ. އިތުރު ވަގުތު ހަތަރު މިނެޓް ދައްކައިފި

00:86 މިވަގު ޕާކިސްތާނުގެ ހަ ނަމްބަރު ކުޅުންތެރިޔާ ބޭލުމަށް ފަހު ސާދަ ނަމްބަރު ކުޅުންތެރިޔާ އަރުވައފި. މެޗުގެ ބާކީ އޮތީ ކުޑަ ވަގުތުކޮޅެއް. މިވަގުތު ވެސް ކުޅުން އޮތީ ހުއްޓިފައި، އެއީ ބަންގާޅުގެ ކެޕްޓަނުގެ އަނގަމަތި ފަޅައިގެން ގޮސްގެން. އޭނާ ވަނީ ފަރުވާ ހޯދުމަށް ކުޅުމާ ވަކިވެފައި.

00:84 މިވަގުތު ދެޓީމްގެ ކުޅުންތެރިން ވެސް ފެންނަނީ ވަރަށް ބޮޑަށް ވަރު ބަލިވެފައިވާތަން. ބައެއް ކުޅުންތެރިން ދަނޑުމަތީގައި ހިނގާފައި އުޅޭތަން ވެސް އެބަފެނޭ.

00:82 ޕާކިސްތާނުގެ ކުޅުންތެެރިންނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ދެންމެ ތަނަވަސްވި އެހެންނަމަވެސް ގޯލާ ހަމައިގައި ކުޅުންތެރިއަކު ނެތުމުން ބޯޅަ ލިބޭ ގޮތެއް ނުވި.

00:80 ޕާކިސްތާނަށް ކޯނަރެއް ލިބިފައި. ނެގި ކޯނަރު ދިފާއުކޮށްފި.

00:77 ޕާކިސްތާނުން 11 ނަމްބަރު ފައިބައި ހަތް ނަމްބަރު ކުޅުންތެރިޔާ އަރުވައިފި. މިވަގުތު ބަންގާޅުން ކޯނަރެއްގައި ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކުރަނީ.

00:77 ޕާކިސްތާނުގެ ކުޅުންތެރިޔަކަށް ލިބުނު ފުރުސަތެއްގައި ހުހަށް އަރައި ދިން ހަމަލާ ބަންގާޅު ކީޕަރު ނާކާމިޔާބުކޮށްލައިފި.

00:76 ޕާކިސްތާނުގެ 16 ނަމްބަރު ކުޅުންތެރިޔާއަށް އަނިޔާވުމަށް ފަހު ކުޅުމުގައި ބައިވެރިވެއްޖެ. ބަންގާޅު ޓީމް ބޯޅަަ ކޮންޓްރޯލްގެން ކުޅެމުން އެބަދޭ.

00:75 ބަންގާޅުން ދިން ނުރައްކާތެރި ހަމަލާއެއް ޕާކިސްތާނު ކީޕަރު ހުށިޔާރު ކަމާއެކު ދިފާއުކޮށްފި.

00:72 ބަންގާޅުން ނުރައްކާތެރި ހަމަލާއެއް ދީފި، އެ ހަމަލާ ޕާކިސްތާނުން ދިފާއުިކޮށް ކައުންޓް އެޓޭކްގައި ހަމަލާ އުފައްދަން މަސައްކަތް ކުރި ނަމަވެސް ޕާކިސްތާނުގެ ދިފާއީ ކުޅުންތެރިން ވަނީ ފައުލްކޮށް ހުއްޓުވާފައި.

00:72 ޕާކިސްތާނުން މުޅިން ވިސްނާފައި ވަނީ ދިފާއަށް އިސްކަން ދީގެން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް. އެކަމަކު ދެޓީމުން ކުރެ އެއްޓީމަކަށް ވެސް އެދެވޭ ކުޅުމެއް ނުދެއްކޭ.

00:70 ޕާކިސްތާނަށް ޖެހުމެއް. ބަނަގާޅު ހާފުތެރެއިން، ޕާކިސްތާނުން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކޮށްފި.

00:69 ޕާކިސްތާނުން ނުރައްކާތެރި ހަމާލާއެއް އުފައްދައި މަޑުމަޑުން ގޯލާ ދިމާއަށް ފޮނުވައިލި ބޯޅައެއް ދަނޑިކައިރިން ބޭރަށް.

00:68 ބޮޑަށް ފެންނަނީ ވަގުތު ނަގާލާ ތަނާއި ބޯޅަ ބޭރު އުޅޭ މަންޒަރު، އަދި ދެކޮޅު ކީޕަރުންނަށް ކުދިކުދި އަނިޔާތައް ލިބެމުންދާތަން. އެހެންނަމަވެސް ބަންގާޅުން ކުރިޔަށްވުރެ ރަނގަޅަށް ކުޅެވޭތޯ މަސައްކަތް އެބަކުރޭ.

00:64 ބަންގާޅުން ރަނގަޅަށް ކުޅެމުން އެބަދޭ. ބޯޅަ ތިރިކޮށް، ޕާސްކޮށްގެން ކުޅެވޭތޯ މަސައްކަތް ކުރަމުން އެބަދޭ. ޕާކިސްތާނުން ފެންނަނީ މިވަގުތު ދިފާއަށް އިސްކަން ދީފައިވާތީ. މިވަގުތު ޕާކިސްތާނަށް ޖެހުމެއް ލިބިފައި. ޕާކިސްތާނުގެ ރަނގަޅު ކުޅުން ވަނީ ގެއްލިފައި.

00:62 ބަންގާޅަށް ކޯނަރެއް ލިބިފައި. ޕާކިސްތާނުން ދިފާއުކޮށްފައި ބޭރަށް.

00:61 ޕާކިސްތާނަށް ލިބިފައިވާ ކޯނަރެއް ނަގައިފި. މާ އެދެވޭ ކުޅުމެއް ނުފެނި ބޯޅަ ބޭރަށް. މިވަގުތު ޕާކިސްތާނުގެ ކުޅުންތެރިޔަކު ބަދަލު ކުރަނީ.

00:56 މިވަގުތު ޕާކިސްތާނުގެ ހަމަލާއެއް އުފައްދަން އުޅުމުގެ ތެރޭގައި ބަންގާޅުގެ ކީޕަރަށް އަނިޔާވުމަށް ފަހު ކުޅުމާ ބައިވެރިވެއްޖެ

00:56 އަނެއްކާވެސް ބަންގާޅުން ހަމަލާއެއް އުފައްދަން މަސައްކަތް ކުރަނީ. ހަމަލާ ޕާކިސްތާނުން ދިފާއުކޮށްފި

00:55 މިވަގުތު ބަންގާޅުން ރަނގަޅު ޕާސްތަކެއް ހަދައިގެން ހަމާއެއް އުފައްދަން މަސައްކަތް ކުރަނީ. ނަމަވެސް ޕާކިސްތާނުގެ ދިފާއީ ކުޅުންތެރިން ފެންނަނީ ވަރަށް ބޮޑަށް އޯގަނައިޒްކޮށް. ބަންގާޅަށް ވަނީ ޕާކިސްތާނުގެ ދިފާއީ އޭރިއާތެރެއަށް ވަނުމުގައި ނުކުޅިދިފައި.

00:53 ޕާކިސްތާނަށް ޖެހުމެއް ލިބިފައި، މިވަގުތު ކުޅެނީ އެހާ ފޯރިގަދަ ކުޅުމެއް ނޫން.

00:52 ޕާކިސްތާނުގެ ކީޕަރު އަދި ކެޕްޓަން، ޖައްފާރު ހާން ކުޅުމުގައި ބައިވެރިވެއްޖެ. ބަދަލު ކީޕަރު އަރަން އުޅުނުތަން ވެސް ފެނުނު.

00:51 ބަންގާޅުން އުފެއްދި ހަމަލާގައި ޕާކިސްތާނުގެ ކީޕަރު އަދި ކެޕްޓަނަށް އަނިޔާވެފެފައި. މިވަގުތު ބަންގާޅުން ބަދަލެއް ގެންނަން އުޅޭ ކަމުގެ އިޝާރާތް ފެނޭ. ލަފާ ކުރެވޭ ގޮތުން ކީޕަރަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި.

00:47 ބަންގާޅު މަސައްކަތް ކުރަނީ ގޭމް އަވަސް ކޮށްގެން ހަމާލާއެއް އުފެއްދުމަށް މިވަގުތު ޕާކިސްތާނު ޓީމް ފެންނަނީ ކުޑަކޮށް ދިފާއަށް ޖެހިފައިވާތަން.

00:46 މެޗު ފަށައިގެން ބަންގާޅުން ރަނގަޅަށް ކުޅެ ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުން ދަނީ.

00:00 ދެވަނަ ހަފު ފަށައިފި. ކުޅުން ކުރިޔަށް ދަނީ

00:45 ފުރަތަމަ ހާފު ނިމިއްޖެ. ދެ ޓީމުން ކުރެ އެއްޓިމަކަށް ވެސް ލަނޑެއް ނުޖެހޭ.

http://sun.mv/albums/l_2546.jpg
00:44 ކައުންޓަ އެޓޭކްގައި ބަންގާޅު ކުޅުންތެރިން ނުރައްކާތެރި ހަމަލާއެއްދީފި. ލިބުނު ކޯނަރެއްގައި ލިބުނު ފުރުސަތު ވަނީ ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތުކޮޅު ބަންގާޅަށް ލިބުނު ރަނުގެ ފުރުސަތާއެކު މިވަގުތު ބޯޅަ އަނެއްކާވެސް ކޮންޓްރޯލްކޮށްގެން ކުޅެނީ ޕާކިސްތާނު. ދެންމެގެ ހަމަލާގައި ޕާކިސްތާނުގެ ކީޕަރަށް އަނިޔާވެފައިވާތީ މިހާރު ފަރުވާ ދެނީ.

00:41 މެޗުގެ ފަހު ފަސް މިންޓްގެ ކުޅުން ހިނގަމުންދަނީ، ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މިވަގުތު އެކަށީގެންވާ ކުޅުމެއް ނުދެއްކޭ. މިވަގުތު ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅެނީ ޕާކިސްތާނު.

00:40 ޕާކިސްތާނު ކުޅުންތެރިއެއް އޮފް ސައިޑް ވެއްޖެ، މިވަގުތު ބަންގުލަދޭޝް ރަނގަޅަށް ކުޅެމުން އެބަދޭ.

00:38 ޕާކިސްތާނުގެ ހާފުތެރެއަށް ބަންގްލަދޭޝްގެ ކުޅުުންތެރިން ވަދެ ހަމަކލާ އުފެއްދޭތޯ މަސައްކަތް ކޮށްފި، ޕާކިސްތާނުގެ ކީޕަރު ފެންނަނީ ވަރަށް އިތުބާރާއެކު ކުޅެމުންދާތަން.

00:38 ބަންގަލަދޭޝްއަށް ކޯނަރެއް ލިބި، ހަމަލާއެއް ނޫފެއްދި ހިނގައްޖެ.

00:37 ނުރައްކާތެރި ހަމަލާއެއް ޕާކިސްތާނުން ދީފި ޕާކިސްތާނުގެ 11 ނަމްބަރު ކުޅުންތެރިޔާ އޮއްސާލަން ޖެހި ބޯޅަ ގޯލުގެ ދާގަނޑު މައްޗަށް. ޕާކިސްތާނުގެ ހަމަލާތައް ފެންނަނީ މާ ބޮޑަށް ވެސް ރަނގަޅުކޮށް

00:35 މެޗުގެ 35 މިނެޓް ކުޅުނު އިރު ވެސް ދެޓީމުން ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހޭ. ކުޅުންތެރިން މެޗު ފެށި އިރަށްވުރެ ބޮޑަށް ދަނޑުމަތީގައި ފެންނަނީ ލަސްކޮށް. ދެޓީމުގެ ކުޅުންތެރިންގެ ކިބައިން ފެންނަނީ ފަރުވާ ކުޑަކުޅުމެއް.

00:31 ދޭތެރެ ދޭތެރެއިން ޕާކިސްތާނުން ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރި ނަމަވެސް ދެޓީމުން ވެސް ކުޅެނުންދަނީ ދާދި ހަމަހަމަ ކުޅުމެއް. އެކަމަކު ޕާކިސްތާނުގެ ފޯވަޑްލައިން ފެންނަނީ ނުރައްކާކޮށް

00:27 މިވަގުތު ޕާކިސްތާނުގެ ކުޅުންތެރިއަކަށް އަނިޔާވެފައި. ކުޅުން ފަށައިގެން ކުރިޔަށްދަނީ. ޕާކިސްތާނުން ހަމަލާއެއް އުފައްދާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެއްޖެ.

00:25 ޕާކިސްތާނުން ހަމަލާއެއް އުފައްދައިފި، އެކަމަކު ވަނީ ކޯނަރަކަށް ބޭރުކޮށްލާފައި ، ޕާކިސްތާނުން ނެގި ކޯނަރު ބަންގާޅުގެ ޑިފެންޑަރުން ދިފާއު ކުރުމުގެ ތެރޭގައި އަނެއްކާވެސް ކޯނަރެއް.

00:20 ޕާކިސްތާނަށް ލިބުނު ރަނުގެ ފުރުސަތު ނަގާލައިފި. ވަރަށް ހުސްކޮށްލިބި ވަނީ ގެއްލިފައި، މުުޅިން ހުސްކޮށް ލިބި ފަރުވާ ކުޑަވުމުގެ ސަބަބުން ފުރުސަތު ވަނީ ގެއްލިފައި.

00:19 ކުޅުން މެދު ކެނޑާލައި ދެޓީމުން އަނިޔާ ވި ދެ ކުޅިންތެރިޔަކަށް ފަރުވާ ދިނުމަށް ފަހު މެޗު ފަށައިފި. ދެޓީމްގެ ކުޅުން މިހާރު ފެންނަނީ ހަމަހަމަކޮށް.

http://sun.mv/albums/l_2547.jpg
00:16 މިހާރު ޕާކިސްތާނުގެ ކުޅުން ރަނގަޅުކޮށްފި، ޓީމް އިތުބާރާއެކު ކުޅެން ފަށައި ހަމަލާތައް އުފެއްދޭތޯ މަސައްކަތް ކުރަނީ. މެޗު ކުޅެމުންދާއިރު ދަނޑު އޮތީ ވަރަށް ބޮޑަށް ހުސްކޮށް ސަޕޯޓަރުން ވަރަށް މަދު.

00:13 ޕާކިސްތާނުން ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަނީ މާބޮޑަށް ލަސްވުމުން ލިބުނު ފުރުސަތު ނަގާލައިފި، މިވަގުތު ބޯޅަ އޮތީ ޕާކިސްތާނު ހާފުތެރޭގައި ކުޅޭތަން. މެޗު ކުޅެމުންދާއިރު ބައެއް ނޫސްވެރިން ދަނޑަށް ނުވަދިގެން އުޅެމުން އެބަދޭ.

00:12 ބަންގްލަދޭޝްގެ ކުޅުންތެރިޔަކަށް އަނިޔާވެގެން ފަރުވާ ހޯދަނީ. އަދި މާފޯރިގަދަ ކުޅުމެއް ނުފެނޭ. ހަމަލާ އުފެއްދޭތޯ ބޮޑަށް މަސައްކަތް ކުރަނީ ބަންގާޅު.

00:09 ބަނގްލަދޭޝްއަށް ޖެހުމެއް، ލިބިފައި، މިވަގުތު ބަންގާޅު ދަނީ ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުން . ޕާކިސްތާނަށް ކޯނަރެއް ލިބިފައި. ނެގި ކޯނަރު ބޭރަށް.

00:08 ޕާކިސްތާނަށް ކޯނަރެއް ލިބިފައި.

00:06 ބަންގލަދޭޝް އަށް ހިލޭ ޖެހުމެއް ލިބިފައި. މިވަގުތު ބަންގްލަދޭޝް ރަނގަޅަށް ކުޅެމުން އެބަދޭ.

00:04 ދެޓީމުން ކުރެ އެއްޓީމަކަށް ވެސް މާ އެދެވޭ ކުޅުމެއް ނުދެއްކޭ

00:02 ޕާކިސްތާނުން ވަނީ ފުރަމަ ހަމަލާ އުފައްދާފައި. ހަމަލާ ދިޔައީ ގޯލް މަތިން.

http://sun.mv/albums/l_2545.jpg
00:01 ޕާކިސްތާނަށް ކޯނަރެއް ލިބިއްޖެ.

00:01 މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާ ބަންގްލަދޭޝް އާއި ޕާކިސްތާނުގެ މެޗް ފަށައިފި

14:29 މެޗް ފެށުމަށްޓަކައި ދެޓީމްގެ ގައުމީ ސަލާމް ކުޅެމުން ދަނީ.

14:13 ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތު ރަސްމިއްޔާތު ދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި ފެށިގެން ކުރިއަށް އެބަދެއެވެ. އެގޮތުން ދާދިދެންމެއަކު މުބާރާތް ހުޅުވާދެއްވީ އިންޑިޔާގެ ސްޕޯޓްސް މިނިސްޓާ އަޖޭމާކަންނެވެ. މުބާރާތް ހުޅުވީ ނެހެރޫ ސްޓޭޑިއަމްގައި މާބޮޑު ރަސްމިއްޔާތެއް ނެތި އެވެ. މުބާރާތް ހުޅުވިއިރު، މުބާރާތުގައި ވާދަކުރާ އަށް ގައުމުން ބައިވެރިވެފައެވެ. އެގޮތުން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖެ ޓީމުން ބައިވެރިވީ ދެ ކުޅުންތެރިންނާއި ޓީމްގެ އޮފިސަލެކެވެ. އެއީ ދެ ކީޕަރުން ކަމަށްވާ އަހުމަދު އާތީ އާއި މުހައްމަދު ފައިސަލްގެ އިތުރުން ކީޕަރު ޓްރޭނާ އަސްލަމް އަބްދުލް ރަހީމެވެ.

http://sun.mv/albums/l_2543.jpg
14:00 މިހާރު ދެޓީމުގެ ކުޅުންތެރިންނާއި މެޗް އޮފިޝަލުން ވޯމް އަޕް ކުރަމުން އެބަދޭ. މިވަގުތު ނިއުދިއްލީގެ ފިނި ހޫނު މިން ހުރީ 39 ޑިގްރީ ސެލްސިއަސްގަ.

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ އީދު، ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކުލަ ގަދަކޮށް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދާދިދެންމެއަކު ދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި ވަމުން އެބަދެ އެވެ.

މުބާރާތުގެ ރަސްމީ އިހުތިފާލުތައް ފެށުމުގެ ރަސްމިއްޔާތު ނެހްރޫ ސްޓޭޑިއަމްގައި ފެށުމަށް ހަމަޖެހިފައި ވަނީ އިންޑިޔާގަޑިން މިއަދު 1:45 ގައެވެ.

ރަސްމިއްޔާތަށް ފަހު ފުރަތަމަ މެޗުގައި މުބާރާތް ހުޅުވައިދިނުމަށް ރާއްޖޭ ގަޑިން 2:30 ގައި ބައްދަލުކުރާ ދެޓީމް، ޕާކިސްތާނާއި ބަންގްލަދޭޝް ދާދި ދެންމެއަކު ސްޓޭޑިއަމްއަށް ވަނީ އައިސްފަ އެވެ.

މުބާރާތް ފެށެން ކުޑައިރުކޮޅަކަށް ވެފައި ވާއިރު، ސްޓޭޑިއަމްގެ ސެކިއުރިޓީ ކަންތައް ވެސް އިންޑިޔާ ސިފައިން ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ.