މަގުމަތީގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރަން މިއަހަރު ސޯޝަލް މީޑިއާ އަދި ހަބަރުތަކުގައި ބޭނުންކުރާނެ ހޭޝްޓެގްއެއްގެ ގޮތުގައި #މަގޭޒިންމާ ބޭނުންކުރަން ނިންމައިފި އެވެ.

މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހޭޝްޓެގްވަނީ އިފްތިތާހްކޮށް މީޑިއާ އަދި އަދި ޓްރެފިކް ޕޮލިހާ އެ ހޭޝްޓެގްތައް ހަވާލުކޮށްފަ އެވެ.

އެ ހޭޝްޓެގް ފުލުހުންގެ ޓްރެފިކް ޕޮލިސް އެމްވީއާއި ޓުވިޓާގެ ކޮންމެ ޕޯސްޓެއްގައި އެ ހޭޝްޓެގް ބޭނުންކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ކަމާ ބެހޭ ގުޅޭ އެހެން އިދާރާތަކުންވެސް އެ ހޭޝްޓެގް ބޭނުންކުރުމަސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަގުމަތީގެ ރައްކާތެރިކަމާ ސަލާމަތްތެރިކަމަށް މިއަހަރު ބޭނުންކުރާ ހޭޝްޓެގް ހަވާލުުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

މިދިޔަ އަަހަރު މަގުމަތީގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް ބޭނުންކުރި ހޭޝްޓެގްއަކީ #މަށަށް އެނގިއްޖެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހެޑް އޮފް ޕޮލިސިން ކޮމާންޑް އަދި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ މަގްސަދަކީ މިދިޔަ އަހަރު ބޭނުންކުރި ހޭޝްޓެގްއަށް ވުރެ މި އަހަރު މެސެޖުތައް ސޯޝަލް މީޑިއާގައި ބޭނުންކުރާ އިރު މި އަހަރުގެ ހޭޝްޓެގް އިތުރަށް ބޭނުންކުރުން ކަމަށެވެ.