23 Jan 2020, 11:08
އައިޖީއެމްއެޗްއަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ ގައިދީއަކު ފިލައިގެން އޭނާ ހޯދުމުގެ މަސައްކަތް ކަރެކްޝަނަލް ސާވިސަސްއިން މިއަދު ފަށައިފި އެވެ.
ފުލުހުން ބުނީ ފިލާފައި ވަނީ، އައިސަރު ނަސީމް، 24 އަހަރެވެ.
ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް ސުއުދު މިއަދު "ސަން"އަށް ވިދާޅުވީ އޭނާ ފިލާފައި ވަނީ މިއަދު ހެނދުނު އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ ވަގުތު އެތަނުގެ ތެރެއިން ކަމަށެވެ.
އޭނާ އަކީ، މަސްތުވާތަކެތީ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުން އަންނަ މީހެއް ކަމަށް ވެސް ސުއުދު ވިދާޅުވި އެވެ.