22 Jan 2020, 23:35
14 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ބްލެކްމެއިލް ކުރުމާއި ރޭޕް ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި، ބްލެކްމެއިލް ކުރުމާއި، ރޭޕް ކުރުމުގެ ތުހުމަތުގައި މިއަދު 18:30 އެހާކަންހާއިރު މާލެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މި ފަހުން ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލަ ފެންމަތިވި ފަހުން ގިނަ އަދެއްގެ ރޭޕް މައްސަލައް ދަނީ ފެންމަތިވަމުންނެވެ. އެފަހުން އުމުރުން 12 އަހަރުގެ ކުއްޖަކާ ބެހުނު 80 އަހަރުގެ މީހަކުވެސް ހައްޔަރުކޮށްފައިވެ އެވެ. އަދި ކުޑަކުއްޖަކު ރޭޕް ކުރި ދެ ސިފައިންގެ މީހެއްގެ މައްސަލަވެސް އަލުން ފެންމަތިވެފައިވެ އެވެ.