23 Jan 2020, 09:31
ހާރބަލް ސައިފަތަކީ އަހަރެމެންގެ ހަށިގަނޑަށް އެތަށް ފައިދާތަކެއް ލިއްބައިދޭ އެއްޗެއްކަން ގިނަބަޔަކަށް މިހާރު އެނގޭނެއެވެ. ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެ، އެންޓިއޮކްސިޑަންޓްސް އިން މުއްސަނދި އެކި ބާވަތްތަކުގެ ސައި މިހާރު ރާއްޖޭގެ ކެފޭ ރެސްޓޯރެންޓްތަކުގައި ވެސް ލިބެން އެބަހުއްޓެވެ.
ހަމައެއާއިއެކު، ސައިތަށްޓަށް ރަހަހެޔޮވަރުކުރުމަށްފަހު ވެސް އެ ސައިފަތް ޕެކެޓުންވެސް ލިބިދޭ ގިނަ ފައިދާތަކެއް ހުރިކަން އެނގޭހެއްޔެވެ؟
އިންޑިއަން އެކްސްޕްރެސްގައި ހިއްސާކޮށްފައިވާ ދިރާސާއެއްގައިވާގޮތުން، ގްރީން ޓީއިން ޑީއެންއޭ ރިޕެއާއަށް މަގުފަހިކޮށްދީ، އަދި އޭގެ ނަތީޖާއެއްގެ ގޮތުން ހަމުގެ ކެންސަރުން ދުރުކޮށްދޭއިރު، އިންސާނުންގެ ހަންގަނޑު ރައްކާތެރިކޮށް ރީތިކޮށްދިނުމަށް ބޭނުންވާ މުހިންމު ގިނަ މާއްދާތަކެއް ގްރީން ޓީގައި ހިމެނެއެވެ.
މި ހިމަނާލަނީ ސައިފަތް ޕެކެޓުގެ އެހީގައ ރަނގަޅު ކުރެވިދާނޭ ބައެއް ހަމުގެ މައްސަލަތަކެވެ.
ޕަފީ އައިސް:ގިނައިރު މަސައްކަތެއްގައި ބުރަކޮށް އުޅެ، ރަނގަޅަށް ނިދި ހަމަނުވާނަމަ ލޯކައިރި ކަޅުވުމުގެ އިތުރަށް ފާޑަކަށް ދުޅަހެންވެސް ހީވެދާނެއެވެ. މިފަދައިން ވެއްޖެނަމަ، ސައިފަތް ޕެކެޓް ކުޑަކޮށް ފިނިކޮށްލުމަށްފަހު މަޑުމަޑުން ލޯމަތީގައި އަޅާލާށެވެ. އަމިއްލަ އަށް އޭގެ ޖާދޫ ފެނިގެންދާނެ އެވެ.
ރެޑްނެސް:ސައިފަތް ޕެކެޓުތަކުގައި ހުންނަ އެންޓި އިންފްލެމޭޓަރި ސިފަތަކުގެ ސަބަބުން އިރިޓޭޝަންއާއި ލޯ ރަތްވުން ފަދަކަންކަމުންވެސް ސަލާމަތްކޮށްދޭނެ އެވެ.
ހަން އެނދުން:ހޫނުގަދަ އަވިގަދަ ތަނެއްގައި ހުރެވުމުގެ ސަބަބުން ހަންގަނޑު އެނދީހެއްޔެވެ؟ ހާސްނުވާށެވެ. ފިނި އަދި ކުޑަކޮށް ތެތް ސައިފަތް ޕެކެޓެއް އެދިމާލުގައި އަޅާލުމުން ފަސޭހަވެ ލުއިވާނެ އެވެ.
އެކްސްފޯލިއޭޓިން ސްކްރަބް:ބްލެކް ހެޑްސްއާއި ވައިޓްހެޑްސް ގެ މައްސަލައަކީ އަހަރުމެންގެ ތެރޭގައި އެންމެ އާންމު އެއް މައްސަލައެވެ. މިކަމަށް އޮތް އެންމެ ރަނގަޅު އެއް ހައްލަކީ ހާރބަލް ޓީ އެވެ. އެންމެ ގިނައިން ބްލެކް ހެޑްސް އާއި ވައިޓް ހެޑްސް ހުންނަ ސަރަހައްދުތައް ކަމުގައިވަ ޓީ ޒޯންގައި މި ބޭނުންކޮށް އެކްސްފޯލިއޭޓް ކޮށްލާށެވެ. ޕޯރްސް ތައް އަންކްލޮގް ކޮށްދީ، މޫނު ސާފުކޮށްދިނުމުގެ އިތުރަށް ޑެޑް ސްކިން ރިމޫވް ކޮށްދޭނެ އެވެ.
ފޭސް މާސްކް:ފަހު ކަމަކަށް ހާރބަލް ޓީ ބޭގްސްތަކަކީ އެންޓި އޭޖިން ފޭސް މާސްކެއްގެ ގޮތުގައި ބޭނުންކުރުމަށްވެސް ހަމައެހާމެ ރަނގަޅު ބާވަތެކެވެ. އުމުރުން ދުވަސްވާ ވަރަކަށް ހަންގަނޑުގެ އިލާސްޓިސިޓީ ދޫވެ، ވްރިންކަލްސް އަރާއިރު، މި ސައިފަތް ޕެކެޓާއި އެކު، ދުޅަހެޔޮ ކާނާ ބޭނުންކުރާނަމަ، ހަންގަނޑު މުސްކުޅިވުމުން ދުރުކޮށްދޭ ކަމަށްވެސް ވެއެވެ. ކުރަންޖެހޭހާވެސް ކަމަކީ، ސައިފަތް ޕެކެޓުގައި ހުރި ސައިފަތް ނެގުމަށްފަހު، އަލޯވެރާއާއި މިކްސްކޮށް މޫނުގައި ހާކާލަންވީ އެވެ.