"މާދަމާ ދިވެހި ޓީމް ކުޅޭއިރު ޓީމްގެ 12 ވަނަ ކުޅުންތެރިޔާގެ ބުންވަރާއި ފަންވަރަށް އަހަރެމެން ދައްކާނަން،" ސާފް ޗެމްޝިޕްގައި ދިވެހި ޓީމް ކުޅޭއިރު މެޗްބަލައި ފޯރި ނެގުމަށް ލޮނު ޒިޔާރަތްކޮޅުގައި ތައްޔާރުކޮށްފައިވާ "ސަޕޯޓަރުންގެ މައިދާން" ތެރޭގައި ރޭ ހަރަކާތްތެރިވި ޒުވާން ކުދިންގެ ތެރެއިން ކުއްޖަކު ބުންޏެވެ. ހަގީގަތުގައި ވެސް ކުޅުންތެރިން ބުނާ ގޮތަށް އަހަރެމެން މިއީ ދިވެހި ޓީމްގެ 12 ވަނަ ކުޅުންތެރިޔާ އެވެ؛ ކުޅުންތެރިން އެދިފައިވާ ގޮތަށް އަހަރެމެން މިތިބީ އެއް ރޫހެއްގައި އެއްވާނެއްގައި ޓީމަށް ސަޕޯޓް ކުރުމުގަ އެވެ.

http://sun.mv/albums/l_2521.jpg

ރާއްޖެ ގަޑިން މިއަދު ހަވީރު 5:30 ގައި ނިއު ދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި ފަރުބަދަމަތީ ނޭޕާލާ ވާދައަށް ދިވެހި ގައުމީ ޓީމު ނުކުންނަ އިރު ދިވެހި ސަޕޯޓަރުން ދަނީ މާލެ އާއި އަތޮޅުތަކުގައި ފޯރި ނަގައި ޓީމަށްޓަކައި ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންނެވެ. އެންމެ ރަތް ކުލައިގަ އެވެ. ހުރިހާ ދިވެހިން ވެސް ތިބީ އުންމީދާއެކު އެވެ. މިފަހަރު ވެސް "އަހަރެމެންގެ ފަހަރު" ކަމަށް ހަދައިގެނެވެ.

"ތިއީ ސުވާލު ވެސް ކުރަންޖެހޭ ކަމެއް ނޫން، ރާއްޖެ ކާމިޔާބީ ހޯދާނެ. ގައުމީ ޓީމް ދުރުގައި ކުޅުނަސް، ކުރެހުންތަކާއި ދިވެހި ދިދައާއެކު، އަހަރުން މިތިބީ ސަޕޯޓް ކުރަން" ރޭ ދަންވަރު ޗާންދަނީ މަގުގެ ދެކުނު ފަރާތުގައި ރަތް ފޮތި ދަމަން ހުރި ޒުވާނަކު ބުންޏެވެ.

އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންން ވެސް ގައުމީ ޓީމަށްޓަކައި ޗާންދަނީ މަގު "ރަތް" ކުރަން ނުކުމެ އުޅުނެވެ. ބައެއް މީހުން ބުނީ ބިޒީވެ ހޭލައި ތިބެގެން ގައުމީ ޓީމަށް ސަޕޯޓް ކުރުމަށް ތައްޔާރުވާން ފެށީ ދެ ދުވަސް ކުރިން ކަމަށެވެ.

"މިކަމަކީ މި ސަރަހައްދުގެ މި ގުރޫޕް އިސް ނަގައިގެން ކުރާ ކަމެއް. އެއްވެސް ޖަމިއްޔާއެއް ޖަމާއަތެއް އަހަރެމެން ތަމްސީލެއް ނުކުރަން. ހަމަ މި ސަރަހައްދުގެ ރޫހު މިއީ އަބަދުވެސް،"

http://sun.mv/albums/l_2537.jpg

ސަޕޯޓަރުންގެ ފޯރި ގަދައަށް ހިއްޕައިދިނީ އެފްއޭއެމުންނެވެ. އެފްއޭއެމްގެ އިސް ނެގުމަށް މާލޭ ސިޓީކައުންސިލާ ގުޅިގެން ރާޅުގަނޑު ސަރަހައްދުގައި މެޗު ބަލައި ސަޕޯޓް ކުރަން ގިނަ ބަޔަކަށް ޖަމާވެ ސަޕޯޓް ކުރެވޭނެ މައިދާނެއް ވަނީ ހަދައިދީފަ އެވެ. ބޮޑު ސްކިރޭނު މެދުވެރިކޮށް މެޗް ފެންނާނެ ގޮތް ތަނަވަސްކޮށްފަ އެވެ. މިއަދު ދިވެހި ދިވެހި ޓީމާ ދެކޮޅަށް ކުޅޭއިރު އެތައް ސަތޭކަ ބަޔަކު ރާޅު ސަރަހައްދަށް ޖަމާވާނެ އެވެ.

"މިހާރު މުބާރާތް މިކުޅެނީ ދިވެހިރާއްޖެއަކު ނޫން. އަޅުގަނޑުމެންނަށް ދެވޭނެ އެންމެ ބޮޑު ސަޕޯޓަކީ ހުރިހާ އެންމެއް އެއްތަނަކަށް އެއްވެ، މޯރަލް ސަޕޯޓް ދިނުން. މިގޮތަށް އެކީގަ ތިބެވޭ ގޮތަށް ހެދުން މިއީ ވަރަށް މުހިއްމު ކަމެއް،" ގައުމީ ޓީމްގެ ކުރީގެ މެނޭޖަރު އަބްދުލް ހަމީދު އަބްދުލް ޣަފޫރު (އައްޑޯ) ރާޅު ސަރަހައްދުގައި ހުންނަވައި ރޭ ވިދާޅުވި އެވެ.

ފަހަކަށް އައިސް އާދަވެ ސިޔާސީ ބޮޑެތި އެއްވުންތައް އޮންނަ ސަރަހައްދުގައި ސަޕޯޓަރުން އިށީނުމަށް ހަދާފައިވާ ބެންޗުތަކާއި ގޮނޑިތައް ވަށައިގެން 12 ވަރަކަށް ސްޓޯލް ހަދާ ފައްކާކޮށްފައިވާއިރު މިއަދު ފަށާ ސަރަހައްދުގެ ފުޓްބޯޅަ އީދު ނިމެންދެން އޮންނާނީ ފުޓްބޯޅައިގެ ކާނިވަލެއްގެ ގޮތުގަ އެވެ.

އިންޓޯލާއި ގައުމީ ޓީމްގެ ޖާޒީއާއި ގައުމީ ދިދައާ ކުޅުންތެރިންގެ ޕޯސްޓަރާއި ސްކޯ ޗާޓް ލިބޭ ގޮތް ބައެއް ފަރާތްތަކުން ވަނީ އެ ސަރަހައްދުގައި ހަމަޖައްސާފަ އެވެ.

ގައުމީ ޓީމަށްޓަކައި މަޖީދީ މަގުގެ ބައެއް ފިހާރަތަކެއް މޫނު މަތިވެސް ރެއިން ފެށިގެން ވަނީ ރަތްވާން ފަށާފަ އެވެ. ދިވެހި ދިދައާއި އެފްއޭއެމް ލޯގޯއާއި ރަތް ހެދުމާއި ޓީޝާޓްތަކާއި ތޮތްޕަށް ވަނީ ބާރު ބޮޑުވެފައެވެ.
"މިރޭ ވެސް ގިނަ ބަޔަކު މި ފިހާރައިން ދިވެހި ރަތް ޖާޒީއާއި ރަތް ކުލައިގެ ހެދުން ގަތް. ހީވަނީ އަދި ފޯރި ގަދަވާނީ މެޗުތައް ފެށުނީމަހެން. ޑިމާޓް ބޮޑުވާ ވަރަކަށް ސަޕޯޓަރުންނަށް ހިދުމަތް ދިނުމަށް އަޅުގަނޑުމެން ތައްޔާރު،" މަޖީދީ މަގު ފިހާރައެއްގެ ވެރިއަކު ބުންޏެވެ.