23 Jan 2020, 08:20
ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ ފިލްމު ‘މަނީކަރްނިކާ" ދަ ކުއީން އޮފް ޖާންސީ' އަށް ޖަޕާނުން ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
އެ ފިލްމު ޖަޕާނުގައި ރިލީޒްކުރީ މި މަހު ތިންވަނަ ދުވަހުގައެވެ. ޖަޕާނުގައި އެ ފިލްމު އެޅުވުމާއެކު އެތައްހާސް ބަޔަކު ވަނީ އެ ފިލްމު ބަލަން ވަދެފައެވެ. އަދި މި ފިލްމުވެފައިވަނީ ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ޖަޕާނުގައި އެންމެ ބޮޑު އޯޕަނިން ހޯދި ފިލްމަށެވެ. ޖަޕާން ބޮކްސް އޮފީހުގެ ލިސްޓުގައި މަނީކަރްނިކާ" އޮތީ ތިންވަނައިގައެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ކަންގަނާ އެވެ. އޭނާއާއެކު ޑައިރެކްޓް ކުރުމުގައި ބައިވެރިވެފައި ވަނީ ކްރިޝް ޖަގަރްލާމުޑީ އެވެ. ފިލްމުގައި ކަންގަނާގެ އިތުރުން ދެން ފެނިގެން ދާނީ ޑެނީ ޑެންޒޮންގްޕާ، ސުރޭޝް އޮބެރޯއީ އަދި އަންކިތާ ލޮކާންޑޭ އެވެ.
ކަންގަނާގެ ފިލްމަކަށް ދެން އެންމެ އަވަހަށް ސްކްރީނަށް އަންނާނެ ފިލްމަކީ "ޕަންގާ"އެވެ. އެ ފިލްމަށް ކަންގަނާ މިހާރު ވަނީ ފަލަވެސްވެފައެވެ.