ނިއުދިއްލީން: މުޙައްމަދު ޝާން

ނޭޕާލާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗް ބެލުމަށްޓަކައި ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން މާދަމާ ދިއްލީއަށް އަންނާނެ ކަމަށް ނިއުދިއްލީގައި ހުންނަ ރާއްޖޭގެ އެންބަސީން ބުނެފި އެވެ.

އެންބަސީގެ އިސް އޮފިސަލަކު މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ، ޝާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ރާއްޖެ ކުޅޭ މެޗް ބެލުމަށް ދިއްލީގައި ކިޔަވަން އުޅޭ ގިނަ ދަރިވަރުން ނެހެރޫ ސްޓޭޑިއަމްއަށް ދާނެ ކަމަށާއި އަދި މައިސޫރުގައި ކިޔަވަން އުޅޭ ވަރަށް ގިނަ ދިވެހި ކުދިން ވެސް މާދަމާގެ ވަގުތެއްގައި ދިއްލީއަށް އަންނާނެ ކަމަށެވެ.

"އެކުދިން އަޅުގަނޑުމެންނާ ވަރަށް ގުޅާ ހަދާނެ. ކޮން އިރަކުން ހޭ ޤައުމީ ޓީމް ކުޅެނީ. ފުރަތަމަ އޮތީ ކޮން ބަޔަކާހޭ. އަޅުގަނޑުމެން މާދަމާގެ މެޗަށް ވަރަށް ތައްޔާރުވަން އެބަ. ޓީމަށް ސަޕޯޓް ކުރުމަށް." އެންބަސީގެ އޮފިސަލް ވިދާޅުވިއެވެ.

ޤައުމީ ޓީމްގެ މީޑިއާ ކޯޑިނޭޓާ ޖައުޝަން ޝަރީފް މިއަދު ވިދާޅުވީ، މައިސޫރުގައި ކިޔަވަން ތިބޭ ދިވެހި ގިނަ ކުދިން މާދަމާގެ ވަގުތެއްގައި ދިއްލީއަށް އަންނަ ކަމުގެ މައުލޫމާތު ލިބުމުން ޓީމްގެ ކުޅުންރިން ވަނީ ވަރަށް ބޮޑަށް ހިތް ހަމަޖެހިފައި ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރުމަށް ދިއްލީއަށް ޤައުމީ ޓީމް އައުމުން ދިއްލީގައި އުޅޭ ދިވެހި ކިޔަވާކުން ދިންނާއި ސަޕޯޓަރުންގެ ސަބަބުން ވެސް ޓީމް އޮތީ މާދަމާގެ މެޗް ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށެވެ.

ސަން އޮންލައިނަށް މައުލޫމާތު ލިބޭގޮތުން މާދަމާ ހެދުނުގެ ވަގުތެއްގައި ލަންކާގައި އުޅޭ ދިވެހި ކިޔަވާ ކުދިން ކޮޅެއް ވެސް މާދަމާ ދިއްލީއަށް އަމަށް ވަނީ ހަމަޖެހިފައެވެ.