ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭން 20 ބަނގުރާފުޅިއާ އެކު ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އުމުރުން 28 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ބަންގްލަދޭޝް ދެ މީހުންނެވެ.

ބަނގުރާފުޅިތައް ފެނުނީ އެ ދެމީހުންގެ އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރި އިރު، އެމީހުން ގެންގުޅުނު ދެ ދަބަހުގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.