މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމް ދޫކޮށްލައިފިއެވެ.

އޭނާ ހައްޔަރުކުރީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. އެ މައްސަލައިގައި އޭނާގެ ބަންދަށް ހަތް ދުވަސްވެސް ޖެހިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އޭނާ މިއަދު ނ. ހެނބަދޫ ކޯޓުން މިއަދު ދޫކޮށްލައިފައިވާ ކަމަށެވެ.

ޕްރިންސިޕަލް ހައްޔަރުކުރީ ލޯންޗަކުން މާޅެންދޫއަށް ގެންދިޔަ ކޮތަޅެއް ހިފައިގެން ދަނިކޮށެވެ. އޭގައި މަސްތުވާތަކެތި ހުރިކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ޔޫސުފްއަކީ ފާއިތުވި ތިން އަހަރު މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލްވެސް މެއެވެ.