19 Jan 2020, 22:42
އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން، 80 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ، 12 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ކުރުމުގެ މައްސަލައެއް ފުލުހުންގެ ދެކުނު ސެންޓްރަލް ޕޮޮލިސް ޑިވިޝަނަށް ހުށަހެޅީ މިދިޔަ ހަފްތާގައި ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ކޯޓް އަމުރެއްގެ ދަށުން 80 އަހަރުގެ ފިރިހެނެއް މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އުމުރުން ދެ އަހަރުވެސް ނުވާ އަންހެން ކުއްޖަކާ އޭނާގެ ކާފަ އާއި މުނި ކާފަ އަދި ބައްޕަ ވެސް ބައިވެރިވެގެން ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގެ އަޑު މިދުވަސްވަރު ވަނީ ގަދަވެފަ އެވެ.