01 Dec 2011, 16:23
ނ. މާފަރުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތާއި ށ. މިލަންދޫގައި ކޮޓަރިތަކެއް އެޅުމުގެ މަސައްކަތް އަލިހަވާސާ ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިދެ އެއްބަސްވުމުގައި އަލިހަވާސާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދުނާނު ހަލީމެވެ. ސަރުކާރުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނެވެ.
މާފަރުގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް 4.3 މިލިޔަން ރުފިޔާއަށް އަލިހަވާސާ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 300 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މާފަރުގައި އަޅަނީ 704 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭ މިސްކިތެކެވެ. ދެ ޖިންސަށް ވަކިން ވުލޫކުރެވޭ ބައެއް ހިމެނޭ ގޮތަށް އަޅާ އެ މިސްކިތުގައި 12.5 މީޓަރުގެ އުސް މުންނާރެއް ވެސް ހަދާނެ އެވެ.
މިލަންދޫގައި އަޅާ ކޮޓަރިފަތީގެ މަސައްކަތް ހަވާލު ކުރީ 7.2 މިލިޔަން ރުފިޔާއަށެވެ. ކޮޓަރިތައް 400 ދުވަހުގެ ތެރޭގައި ނިންމަން ޖެ އެވެ.