10:00


މާލޭގެ ގެއެއްގެ ހަތަރު ވަނަ ބުރިން 17 އަހަރުގެ އަންހެން ކުއްޖަކު ވެއްޓި މަރުވެއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތ. ވަންދޫ، ވައިނުޖެހޭގެ އައިމިނަތު ޝަޒީފާ މަރުވެފައި ވަނީ، މާލޭގައި އޭނާ އުޅުނު، މއ. އަތިރިމަތީގޭގެ ހަތަރު ވަނަ ބުރިން ރޭ ނުވައެއް ޖަހާކަންހާއިރު ވެއްޓި ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް އެނގިފައިނުވާ ކަމަށާއި އެކުއްޖާ ވެއްޓުނުއިރު އެ ގޭގައި މީހުން ވެސް ތިބި ކަމަށެވެ.