ގދ. ހޯޑެއްދޫއިން ޒުވާނަކު ގެއްލިގެން މިރޭ ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަނީ، އެ ރަށު ސަތަވަރީގެ އަލީ ޝަޒުވާން މުހައްމަދެވެ.

ފުލުހުން ބުނީ ގދ. ހޯޑެއްދޫއިން ޒުވާނަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ، މިރޭ 9:37 އެހާކަންހާއިރު ކަމަށެވެ.

އެ ޒުވާނާ ހޯދުމުގެ މަސައްކަތް ރަށު މީހުން ކުރަމުން އަންނަ އިރު، ފުލުހުން ވެސް އެ ރަށަށް ދަތުރު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.