18 Jan 2020, 10:25
ސާޖިދު ނަދިޔާދުވާލާ ފިލްމު ކިކް 2 ރިލީޒްކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުކަމަށް އޭނާ ބުނެފި އެވެ.
ސާޖިދު ބުނީ މިހާރު ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ވަރަށް އަވަހަށް ސްކްރިޕްޓްގެ މަސައްކަތް ނިންމައި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށެވެ.
ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ފުރަތަމަ ބައެއް ގެނެސްދިނީ 2014 ވަނަ އަހަރު އެވެ. އެ ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. ފުރަތަމަ ފިލްމުގައި ޖެކަލީން ފާނަންޑޭޒް ފެނުނު ނަމަވެސް މި ފަހަރުގެ ސީކުއަލްގައި ފެނިގެންދާނީ އެމީ ޖެކްސަން ކަމަށް ކުރިން ހަބަރުތައް ބުންޏެވެ. ނަމަވެސް ފަހުން ހަބަރުތައް ބުނާގޮތުގައި ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ ކްރިތީ ސެނަން އެވެ. ނަމަވެސް ފިލްމުން ފެނިގެންދާނެ އަންހެން ބަތަލާ އެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.
ކިކް 2 އަންނަ އަހަރުގެ ޑިސެމްބަރު މަހު ދެއްކުމަށް ނިންމިއިރު އަންނަ އަހަރުގެ އީދު ދުވަހު ސަލްމާންގެ "ކަބީ އީދު ކަބީ ދިވާލީ" ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.