ނިއުދިއްލީން: މުހައްމަދު ޝާން

މާދަމާ ނިއުދިއްލީގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޤައުމުތަކުގެ ބައެއް ކުޅުންތެރިންގެ ފޮޓޯ ޝޫޓެއް މިއަދު ބާއްވައިފިއެވެ.

އިންޑިއާ ގޭޓު ކަރީގައި އޮތް ފޮޓޯ ޝޫޓިންގައި މުބާރާތުގައި ވާދަކުރާ ގައުމު ތަކުގެ ތެރެއިން އަފްޣާނިސްތާން ފިޔަވައި މިބާރާތުގައި ވާދަކުރާ އަނެއް ހަތް ޤައުމުން ވަނީ ފޮޓޯ ޝޫޓިންގައި ބައިވެރިވެފައެވެ.

ފޮޓޯ ޝޫޓިންގައި ބައިވެރިވި ކުޅުންތެރިންނަކީ، ދިވެހިރާއްޖެ ޓީމުގެ ހަސަން އަދުހަމާއި، ބޫޓާން ޓީމުގެ ޗިމީ ޑޯރުޑީ، ނޭޕާލްގެ ސްޖާލް ސްރެސްތާ، ސްރީލަންކާގެ ރޯހާނާ ރުއަންތިލަކާ، ބަންގްލަދޭޝް އަރީފުލް އިސްލާމް، އިންޑިޔާގެ ކްލައިމެކްސް ލޯރެންސް އަދި ޕާކިސްތާންގެ ނަވީދު އަހުމަދެވެ.

މި ފޮޓޯ ޝޫޓިންއަށް ފަހު، މުބާރާތުގައި ވާދަކުރާ ހުރީހާ ޓީމެއްގެ ވަރަށް ހާއްސަ ޕްރެސް ކޮންފަރެންސެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.