17 Jan 2020, 14:38
މާރަމާރި ހިންގައިގެން ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 7:21 ހާއިރު، ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރީ ސެކިޔުރިޓީ ބަލަހައްޓަމުންދިޔަ މީހަކަށް އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ހަމަލާދީފައިވާ ކަމަށެވެ.
އޭނާ ގާގައި ތަޅާ، މާރާމާރީ ހިންގާފައިވާ ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާއިރު، އެ މައްސަލަ އާއި ގުޅިގެން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.