މިއަދު ފަތިހު ވިލިމާލޭ ފަޅުތެރެއަށް ވަދެ އުޅުނު ބޮޑުމަހެއް ފުލުހުން ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ، މަރުނުވާ ބޮޑު މަހެއް ލައްގާފައިވާ ކަމުގެ މައުލޫމާތު މިއަދު ފަތިހު 4:20 ހާއިރު އެ މުއައްސަސާއަށް ލިބުުނު ކަމަށެވެ.

އެއާއެކު ވިލިމާލެ ޕޮލިސް އަދި އާންމުން ގުޅިގެން ބޮޑުމަސް ހަމްޕެކްވޭލް ވޭލް، ވިލިމާލެ ފަޅުތެރެއިން ބޭރަށް ނެރެ، ކަނޑަށް ފުންކޮށް ސަލާމްތްކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބޮޑު މަސް ފަޅުތެރެއަށް ވަނުމަކީ އެހާ އަންމުކޮށް ހިނގާ ކަމެއް ނޫނެނެވެ. އެހެން ނަމަވެސް، ބައެއް ފަހަރަށް މަރުވެފައި ހުންނަ ބޮޑު މަސް ރާއްޖޭގެ ބައެއް ރަށްރަށަށް ލައްގަ އެވެ.