17 Jan 2020, 14:55
އިންޑިއަން އައިޑަލްގެ ޖަޖު ނެހާ ކައްކަރު އާއި އައިޑަލްގެ ހޯސްޓް އަދިތްޔާ ނާރަޔަން ކައިވެނިކުރަން އުޅޭކަމުގެ އަޑުގަދަވެއްޖެއެވެ.
އަދިތިޔާގެ ބައްޕަ މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތު ނާރަޔަން އާއި އޭނާގެ އަންހެނުން ލަވަކިޔުންތެރިޔާ އަލްކާ ޔަގްނިކާ އެކު މެހުމާނެއްގެ ގޮތުގައި އިންޑިއަން އައިޑަލް ޝޯގެ އެޕިސޯޑްގައި ވަނީ ބައިވެރިވެފައެވެ. އެ ޝޯއަށް މެހެމާނެއްގެ ގޮތުން ދެތަރިން ބައިވެރިވިއިރު ޝޯގައި އެމީހުންވަނީ އަދިތްޔާގެ ކައިވެނީގެ ވާހަކަވެސް ދައްކާފައެވެ. އެ އެޕިސޯޑުގައި ނެހާ ކައްކަރުގެ އާއިލާއިންވެސް ބައިވެރިވިއެވެ.
ދެ ފަންނާނުންގެ ވެސް އާއިލާ އިން ބޭނުންވީ ނެހާ އާއި އަދިތްޔާ ގުޅުވުމަށެވެ. އެކަމާ ގުޅިގެން ނެހާ މަންމަ ބުނީ އަދިތްޔާ އަކީ ނެހާ އާ ވަރަށް އެކަށޭނެ މީހެއްކަމަށާއި އެކަން ކުރުމަށް ގަބޫލުކަމަށެވެ.
ނެހާ އާއި އަދިތްޔާގެ ކައިވެނި ހަމަޖެއްސިއިރު ނެހާ އަކީ އަދިތްޔާ ގަޔާވާ މީހެކެވެ. އެކަން ހަމަ ރަނގަޅަށް ވެސް އައިޑަލްގެ ސްޓޭޖުން ފެނިގެން ގޮސްފިއެވެ.
ހަބަރުތައް ބުނާގޮތުގައި ނެހާ 31، އާއި އަދިތްޔާ 32، ކައިވެނިކުރާނީ މި އަހަރުގެ ލޯބިވެރިންގެ ދުވަހުގައެވެ. އެއީ އަންނަ މަހުގެ 14 ވަނަ ދުވަހެވެ.