16 Jan 2020, 21:12
ދެކުނުގެ ރަށެއްގައި ދެބަފައިން ކުޑަކުދިންނާ ބެހޭ މައްސަލައެއް ފެންމަތިވެެއްޖެއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ދެބައިފެންގެ ތެރެއިން އެކަކީ 65 އަހަރުން މަތީގެ މީހެކެވެ. އަދި އޭނާގެ ފިރިހެން ދަރިފުޅު އެރަށުގައި އުޅެނީ މުދިމަކަށެވެ.
"ސަން" އާ ވާހަކަ ދެެއްކި މީހަކު ބުނީ އެ ދެމީހުންވެސް އަންހެން ކުޑަކުދިންނާ ބެހެނީ ފައިސާ ދީގެން ކުޑަކުދިން ގެއަށްގެންގޮސްގެން ކަމަށެވެ.
އޭގެން އެކަކު މީގެ ކުރިން ހަމަހުގެ އަންހެން ކުއްޖަކާ ބެހުނުކަމުގެ އަޑުތައްވެސް ރަށު ތެރޭގައި ފެތުރުުނުކަމަށް އެރަށުގެ މީހަކު ބުންޏެވެ.
އުމުރުން ދެ އަހަރުން ފެށިގެން ނުވަ އަހަރާ ދެމެދުގެ ކުދިންނަށް އޭނާ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
"ކުޑަކުދިންނާ ބެހޭ ބަފައިބެގެ އަންހެން ދަރިންނާ ބެހޭތީ އެމީހުންގެ މަންމަ ދަރިން ގޮވައިގެން މިހާރު އުޅެނީ ހުޅުމާލޭގައި. މިހާރު ރަށުގައި ދިރިއުޅެނީ ބަފައިބެއާއި އޭނާގެ ފިރިހެންދަރި އެކަނި،" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
މީގެއިތުރުން އެ ފިރިހެން މީހާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރާ ވީޑިއޯ އެއްވެސް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.
މި މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުުރުން ދުވަސްވީ މީހަކު ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.