ސިފައިންގެ ތަމްރީނުތައް ހެދުމަށް ބޭނުންކުރާ ރަށެއްކަމަށްވާ ކ.ގިރިފުށީ ޖެޓީ ކައިރިއަށް ގޮތްނޭނގޭ ޕާރުސަލެއް ލައްގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީީ ގިރިފުށީ ޖެޓީ ސަރަހައްދުން ދެ ފޫޓުގެ ޕާރުސަލެއް ފެނިފައިވާ ކަމަށެވެ. އެއީ ކޮންއެއްޗެއްކަން ދެނެގަނެވިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ގިރިފުށީ ޖެޓީ ސަރަހައްދަށް އޮޔާ ލައްގާފައިވަނީ ކޮންއެއްޗެއްތޯ ބެލުމަސް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.