16 Jan 2020, 08:21
ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ"ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.
ފިލްމުގެ އަންހެން ލީޑު ރޯލު އާލިއާ ބަޓް ހިމެނޭގޮތަށް ހުރި ޕޯސްޓަރުތަކެއް އާންމުކޮށްފައިވާއިރު އެ ޕޯސްޓަރުތަކަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.
މިއީ ބަންސާލީގެ ފިލްމެއްގައި އާލިއާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމު ގެނެސްދޭނީ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށެވެ.
ހަބަރުތައް ބުނާގޮތުގައި އާލިއާ އާއެކު މި ފިލްމުން ފެނިގެންދާނީ އަޖޭ ދޭވްގަންއެވެ. މި ފިލްމުން އާލިއާ އާ އަޖޭ ފެނިގެން ގޮސްފިނަމަ މި ފިލްމު ވެގެންދާނީ އެދެތަރިން ސްކްރީނުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.