01 Dec 2011, 09:46
ބާސެލޯނާގެ ރައީސް ކަމުގައި ސެންޑްރޯ ރޮސެލް ހުރިހާ ދުވަހަކު އެކުލަބުގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އެކުލަބު ދޫކޮށް ނުދާނެކަމަށް ރޮސެލް ބުނެފި އެވެ.
އުމުރުން 24 އަހަރުގެ މެސީ އަކީ މިދިޔަ އަހަރުގެ ފީފާ ބެލޮން ޑީ އެވޯޑަށް ހޮވުނު ކުޅުންތެރިޔާ އެވެ. އޭގެ އިތުރުން 2009 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެސް ހޮވުނީ މެސީ އެވެ. އަދި މިއަހަރުގެ ބެލޮން ޑީ އެވޯޑުގެ ފޭވަރިޓަކީ ވެސް މެސީ ކަމަށް ގިނަ މީޑިޔާ ރިޕޯޓްތަކުން ބުނެއެވެ.
"ބާސާ ގައި ގިނަ އެއްޗެއްސަކީ އެއްވެސް އަގެއްގައި ނުވިއްކޭނެ އެއްޗެހި. އޭގެ ތެރޭގައި މެސީ ހިމެނޭ. ބާސާގެ ރައީސްކަމުގައި ހުންނަހާ ދުވަހަކު މި ކުލަބު ދޫކޮށް މެސީ އެއް ވެސް ނުދާނެ." ރޮސެލް ބުންޏެވެ.
ބާސާގައި ގިނަ ދުވަސްތަކަކަށް ކުޅުމަށް ޝައުގުވެރިވާކަން މެސީ ވެސް ކުރިން ބުނެފައި ވެއެވެ. ބާސާ އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ގައިވާ ގޮތުން 2016 ވަނަ އަހަރާއި ހަމައަށް އޭނާ ކުޅޭނީ ބާސާ އަށެވެ.