15 Jan 2020, 14:43
ބޮޑެތި އިނާމްތަކާ އެކު ރެޑްވޭވުން މިިދިޔަ އޮކްޓޯބަރު މަހު ފެށި ރެޑްވޭވްގެ އަހަރީ ބާޒާރު މިއަދު ނިންމާލާ ގޮތަށް ހަމަޖައްސައިފި އެވެ.
މާލެއާއި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ހުރިހާ ފިހާރައަކުން ކަނޑައެޅިފައިވާ އައިޓަމްސްތަކަކަކުން ބޮޑެތި ޑިސްކައުންޓް ލިބިގެންދާ ގޮތަށް ގެންދިޔަ އެ ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ރެޑްވޭވުން ބުންޏެވެ.
އަހަރީ ބާޒާރާ އެކު ހުޅުވާލި ޕްރޮމޯޝަނުން ގިނަ ފަރާތްތަކަކަށް ފައިސާގެ އިނާމާ އެކު އަގުބޮޑު އިނާމްތަކެއް ލިބިގެންދާނެ ކަމަށް ރެޑްވޭވުން ބުންޏެވެ. ރެޑްވޭވުން އެ ޕްރޮމޯޝަންގެ ތެރޭ ތައާރަފްކުރި މޮލްފިކްސް ނެޕީ، ޝާރޕް އޭސީ އަދި އައިސްއަލަމާރި އަދި މިނޫން ވެސް ބޮޑެތި ބްރޭންތަކަށް ކަސްޓަމަރުންގެ ސަމާލުކަން ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ.
ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެ އެވެ. އަދި ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް 10،000 ރުފިޔާ ގުރުއަތުން ލިބޭ އިރު، ރެޑްވޭވްގެ ފަރުނީޗަރު އަދި ބޮޑެތި އިލެކްޓްރޯނިކް އެޕްލައިންސް އިން 10 ފަރާތަކަށް 10 އިނާމް ވެސް ލިބެ އެވެ.
ރެޑްވޭވްއިން މިހާތަނަށް ވަނީ ކޮންމެ ހަފްތާއަކު ރެޑްވޭވްގެ ހުރިހާ ފިހާރައަކުން 200 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރިކުރެއްވެވި ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުލައި ތިން ފަރާތެއް ހޮވައިފަ އެވެ. އެގޮތުން އެއްވަނަ އަށް 5000 ރުފިޔާ ދެ ވަނަ އަށް 3000 ރުފިޔާ އަދި ތިންވަނަ އަށް 2000 ރުފިޔާގެ އިނާމްދަނީ ކޮންމެ ހަފްތާއަކު ހަވާލުކުރެވެމުންނެވެ. އަދި އެއާ އެކު، ރެޑްވޭވްގެ ފޭސްބުކް ޕޭޖްގައި އެއްމަހަށް ވުރެ ގިނަދުވަސްވެފައިވާ "ޓޮޕް ފޭން"އިންނަށް ވަރަށް ހާއްސަ އިނާމްތަކެއް ލިބިގެންދާ ޕްރޮމޯޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ރެޑް ވޭވްގެ ޕްރޮމޯޝަންގެ ގުރުއަތު ހޮވާ އިނާމްތައް ޖެނުއަރީ މަހު ހަވާލުކުރެވިގެންދާނޭ ކަމަށް އެކުންފުނިން ބުންޏެވެ.
ރެޑްވޭވުން ބުނީ ޕްރޮމޯޝަންގެ އިނާމްތަކާ ބެހޭ އިތުރު މައުލޫމާތު ރެޑްވޭވް ފޭސްބުކް ޕޭޖް އިން ލިބޭނެ ކަމަށެވެ.
ރެޑްވޭވްގެ އިލްތިމާސަކީ އެންމެ ފަހުފުރުސަތުގެ ބޭނުން ހިއްޕަވާ، ވީހާވެސް ގިނަ ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކަށް ވަޑައިގެން، ޕްރޮމޯޝަންގައި ބައިވެރިވެ ނަސީބު އަގުވަޒަން ކުރެއްވުމެވެ.