15 Jan 2020, 20:42
އޮސްޓެރޭލިއާގެ އަލިފާނުގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އޮސްޓްރޭލިއަން ޕީސް އޯގަނައިޒޭޝަން އާއި ރާއްޖޭގެ ޖަމިއްޔާއެއް ގުޅިގެން ކެމްޕޭންއެއް ފަށައިފިއެވެ.
އެ ކެމްޕޭންގައި ރާއްޖޭގެ ފަރާތުން އެހީވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އެވެ. އެ ޖަމިއްޔާއިން މީގެ ކުރިން ވަނީ ސީރިއާއާއި ރޮހިންގާފަދަ ބައެއް މުސްލިމް ގައުމުތަކަށް އެހީވާންވެސް ކެމްޕޭންތައް ކުރިއަށް ގެންގޮސްފައެެވެ.
އައިއޭސީއިން ބުނީ އެ ކެމްޕޭން ހަރަކާތުގެ ދަށުން އެއްކުރާ ފައިސާ ހަރަދުކުރާނީ އަލިފާނުގައި ހާލުގައި ޖެހުނު ފަރާތްތަށާއި، ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ރިލީފް އޯގަނައިޒޭޝަންތަކަށް ކަަމަށެެވެ.
އޮސްޓްރޭލިއާގެ ޖަންގަލީގައި ފެތުރިގެންދިޔަ ވަރުގަދަ އަލިފާނުގެ ކާރިސާގެ ސަބަބުން ޖަންގަލި އަދި ޕާކްތަކުގެ 10 މިލިއަން ހެކްޓަރ އަނދައި މިހާތަނަށް 26 މީހުން މަރުވެ އެތައްބަޔަކުވަނީ ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. އޭގެއިތުރުން 1 މިލިއަން ޖަނަވާރު މަރުވެގެން ގޮސްފައިވާކަމަށް ދިރާސާކުރައްވާ ފަރާތްތަކުން މަޢުލޫމާތުދެއެވެ.
ހަމައެހެންމެ މީހުން ދިރިއުޅޭ 2570 ގެ އަނދައިގެން ގޮސްފައިވާއިރު 10000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށްވަނީ ބަދަލުކޮށްފައެވެ.
ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް
ބޭންކް: ބީއެލްއެލް އިސްލާމިކް
އެކައުންޓް ނަން: އެހީ ޖަމިއްޔާ (ރުފިޔާ އެކައުންޓް)
އެކައުންޓް ނަންބަރު: