13 Jan 2020, 16:45
އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިމަހުގެ 20 ވަނަ ދުވަހު އާންމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިމަހުގެ 20 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަސް ލިބޭނެ ކަމަށާއި ޝަކުވާ ހުށަހެޅުމަށް ހުޅުވާލާ ފުރުސަތުގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ސަމާލުވުމަށް އަކްރަމް އިލްތިމާސް ކުރެއްވި އެވެ.
ކައުންސިލް އިންތިހާބު ބާއްވާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.
އެ އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.