ޖަރުމަންވިލާތަށް ދަތުރުކުރުމަށް ބޭނުންވާ ޖަރުމަން ޝެންގެން ވިސާ ނެގުމަށް ވަގުތީ ގޮތުން ޖަރުމަން-ޝެންގެން ވިސާ ބަޔޯމެޓްރިކް ކްލިނިކެއް އަންނަ މަހުގެ ތެރޭގައި ފޮރިން މިނިސްޓްރީގައި ހުޅުވާ ގޮތަށް ޖަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީއިން ބުނި ގޮތުގައި އެ ކްލިނިކް އިންތިޒާމްކުރަނީ ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޖަރުމަންވިލާތުގެ އެމްބަސީގެ ފަރާތުންނެވެ. އެ ބަޔޯމެޓްރިކް ކްލިނިކް ހުޅުވާނީ ފެބްރުއަރީ ތިނަކުން ފަހަކަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 6:00 އަށެވެ.

ވިސާގެ ހިދުމަތަށް އެދިވަޑައިގަންވާ ބޭފުޅުންނަށް ބަޔޯމެޓްރިކް ކްލިނިކްގެ އެޕޮއިންޓްމަންޓް ޖެނުއަރީ 25 ވަނަ ދުވަހުގެ ހަވީރު 5:30 ގެ ކުރިންލިންކަކަށްޒިޔާރަތްކޮށްގެން ހެއްދޭނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ. އިތުރު މައުލޫމާތު ވިސާ ފެސިލިޓޭޝަން ސާވިސަސްވީއެފް.އެސް ވެބްސައިޓަށްޒިޔާރަތްކޮށްގެން ލިބޭނެ ކަމަށްވެސް މިނިސްޓްރީއިން ބުންޏެވެ.

އެ ވިސާ ކްލިނިކަކީ ޖަރުމަންވިލާތަށް، ހާއްސަކޮށް އައިޓީބީ ފެއަރއާ ދިމާކޮށް ޖަރުމަންވިލާތުގެ ބަރލިންއަށް ޒިޔާރަތްކުރާ ދިވެހިންނަށް ޝެންގެން ވިސާ ނެގުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ކްލިނިކެއް ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި ޖަރުމަންވިލާތުގެ ސަފީރު ޖޯން ރޯޑް، މާލޭގައި ދާއިމީ ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް ގާއިމްކުރައްވާނެކަމަށް ވަނީ އިއުލާނުކުރައްވައިފައެވެ. އެ ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް މިމިނިސްޓްރީއާއި ވީއެފްއެސް ގްލޯބަލް ގުޅިގެން ކުރަމުންދާ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. އަދި އެ ސެންޓަރުގެ ހިދުމަތް މި އަހަރުގެ މާޗް މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ބުނެފައިވެެެވެ.