12 Jan 2020, 17:58
އއ. އުކުޅަހަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ފަރަށް އަރައިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި 20 މީހުންނާ އެކު މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު 16:55ގައި ލިބިފައިވާ ކަމަށެވެ.
ކޮރަލް ސްޕީޑު ނަމަކަށް ކިޔާ އެ ލޯންޗު ފަރަށް އެރީ ގިރާވަރު ރިސޯޓު (ސެންޓާރާ ރަސް ފުށި ރިސޯޓު އެންޑް ސްޕާ)ގެ ދެކުނު ފަރާތު ފަރަށް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދޭޭން މަސައްކަތް ކުރަމުންނެވެ.