ދިރާގުގައި ހިމެނޭ ދިވެހި ސަރުކާރުގެ 48 ޕަސެންޓް ހިއްސާގެ 15 ޕަސެންޓް ވިއްކުމަށް އެ ކުންފުނިން ހުޅުވާލި މުއްދަތު އެ ކުންފުނިން މިއަދު އިތުރުކޮށްފި އެވެ.

ކުރިން ހުޅުވާލި މުއްދަތު މިއަދު ހަމަވާ އިރު އަލުން މުއްދަތު އިތުރުކުރީ އާއްމުންގެ ގިނަ ބަޔަކު އެކަމަށް އެދެމުން ދާތީ ކަމަށް ދިރާގުން މިއަދު ބުންޏެވެ.

ދިރާގުގެ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކުރި އިރު ވިއްކަން ހަމަޖެހިފައިވާ ހިއްސާގެ ތެރެއިން މިހާރު ނުވިކި ހުރީ ކިހާ ހިއްސާއެއްކަން އަދި ސާފުކުރެވިފައި ނުވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ކޮންސަލްޓެންޓް އިބުރާހިމް ނާސިރު ވިދާޅުވީ ދިރާގުގެ ހިއްސާ ގަތުމަށް ގިނަ އަދަދެއްގެ އާއްމުންގެ އިތުރުން ކުންފުނިތަކުން ވެސް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.