12 Jan 2020, 07:21
އަންނަ އަހަރު އީދުގައި ސަލްމާން ހާން ނެރޭ ފިލްމު އޭނާ އިއުލާންކޮށްފިއެވެ.
ސަލްމާން ކުރި ޓްވީޓުގައި ބުނީ އަންނަ އަހަރު އީދުގައި ރިލީޒްކުރާ ފިލްމަކީ "ކަބީ އީދު ކަބީ ދިވާލީ" ކަމަށެވެ. އެ ފިލްމަކީ ސާޖިދު ނަޑިއަދްވާލާ ޕްރޮޑިއުސްކޮށް ފަރްހާދު ސަމްޖީ ޑައިރެކްޓްކޮށް ސިނަމާތަކަށް ގެނެސްދޭ ފިލްމެކެވެ.
ސަލްމާން އާއި ސާޖިދު ގުޅިގެން އެންމެ ފަހުން އުފައްދާފައިވަނީ 2014 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ކިކް"އެވެ. ސަލްމާން އެންމެ ފަހުން ފެނިގެންދިޔައީ "ދަބަންގް 3" އިންނެވެ. އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.
މިއަހަރުގެ ކުޑަ އީދުގައި ސަލްމާން ނެރޭ ފިލްމަކީ ޕްރަބޫދޭވާ ޑައިރެކްޓްކުރާ "ރާދޭ" އެވެ. މި ފިލްމުގެ ޝޫޓިން މިހާރު ސަލްމާން ވަނީ ފަށާފައެވެ.
ސާޖިދުގެ ކިކްގެ ސީކުއަލެއް ވެސް ގެނައުމަށް ވަނީ އިއުލާންކޮށްފައެވެ. އެ ފިލްމުގެ ސީކުއަލް ރިލީޒްކުރާނީ އަންނަ އަހަރުގައެވެ.