12 Jan 2020, 07:28
އެމެރިކާގެ ބޮކްސް އޮފީހަށް މިދިޔަ އަހަރަކީ ރިކޯޑު އަހަރަކަށް ނުވި ނަމަވެސް، ދުނިޔޭގެ ބޮކްސް އޮފީހުގައި ބޮޑު ރެކޯޑެއް މުގުރާލައިފި އެވެ.
މިދިޔަ އަހަރަކީ އެމެރިކާގެ ބޮކްސް އޮފީސް އަށް ކާމިޔާބު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު އެމެރިކާގެ ބޮކްސް އޮފީހަށް 11.3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. އެހެންނަމަވެސް އެންމެ ބޮޑު ކާމިޔާބީއެއް އެމެރިކާގެ ބޮކްސް އޮފީހަށް ލިބުނީ 2018 ވަނަ އަހަރުގައެވެ. އެ އަހަރު އެމެރިކާގެ ބޮކްސް އޮފީސް އާމްދަނީއަށް 11.8 ބިލިއަން ޑޮލަރު ލިބުނެވެ.
ދުނިޔޭގެ ބޮކްސް އޮފީހުގައި މިދިޔަ އަހަރަކީ އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރެވެ. އެގޮތުން މިދިޔަ އަހަރު ނިމުނު އިރު ދުނިޔޭގެ ބޮކްސް އޮފީހުގެ އާމްދަނީ ހުރީ 42.5 ބިލިއަން ޑޮލަރުގައެވެ.
މިއީ ބޮކްސް އޮފީހުގެ ތާރީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ރެކޯޑެކެވެ. އެއީ ދުނިޔޭގެ ބޮކްސް އޮފީހުގެ އާމްދަނީ 30 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރަށް ވާތީއެވެ.
ފިލްމު އިންޑަސްޓްރީގައި މިދިޔަ އަހަރަކީ ބިޒީ އަހަރެކެވެ. އެމެރިކާގެ އިތުރުން ޗައިނާ، ދެކުނު ކޮރެއާ އަދި އިންޑިއާއިން ވަނީ ބޮޑެތި ބަޖެޓުގެ ކާމިޔާބު ގިނަ ފިލްމުތަކެއް ދުނިޔޭގެ ކަންކޮޅުތަކުގައި އަޅުވާފައެވެ. ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ ބޮކްސް އޮފީހުގެ އާމްދަނީ ހީވެސް ނުކުރާ މިންވަރަކަށް ބޮޑު ވުމެވެ.