11 Jan 2020, 18:10
ލޯކަލް ކައުންސިލް އިންތިހާބުގެ ކުޅުދުއްފުށީ ސިޓީގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މި މަހުގެ 16ގެ ނިޔަލަށް ޕްރައިމަރީއަށް ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައި ހުންނާނެ ކަމަށެވެ.
ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ހަ ދާއިރާ ކަނޑައަޅައި، އެ ސިޓީ ކައުންސިލަށް އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދެ ދާއިރާ އިލެކްޝަންސް ކޮމިޝަނުން ވަނީ ދާދި ފަހުން ގުރުއަތުން ހޮވާފައެވެ.
ކުޅުދުއްފުށީގެ ހަ ދާއިރާ:
ކުޅުދުއްފުށި އުތުރު ދާއިރާ (އާބާދީ އަކީ 1678 މީހުން)
- ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ (އާބާދީ އަކީ 1665 މީހުން)
- ކުޅުދުއްފުށި މެދު އުތުރު ދާއިރާ (އާބާދީ އަކީ 1752 މީހުން)
- ކުޅުދުއްފުށި މެދު ދެކުނު ދާއިރާ (އާބާދީ އަކީ 1732 މީހުން)
- ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ (އާބާދީ އަކީ 1736 މީހުން)
- ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ (އާބާދީ އަކީ 1647)
އިލެކްޝަންސް ކޮމިޝަނުން ނެގި ގުރުއަތުން، އެ ހަ ދާއިރާގެ ތެރެއިން އަންހެން މެމްބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި ހޮވުނީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި މެދު ދެކުނު ދާއިރާ އެވެ.