ބޮލީވުޑުގެ އެކްޓަރު އަދި ޕްރޮޑިއުސަރު ރަގޫ ރާމްގެ ދަރިފުޅަށް ނަން ކިޔައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ރަގޫގެ އަންހެނުން ނަތާލީ ޑި ލޫސިއޯ ފިރިހެން ކުއްޖެއް ވިހޭއިރު އެ ދަރިފުޅަށް ކީ ނަމަކީ ރިދަމް އެވެ. ރަގޫ ވަނީ އެކަން އިއުލާންކުރުމަށް އިންސްޓަގްރާމްގައި ޕޯސްޓެއްވެސް ކޮށްފައެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު ދެތަރިން ވަނީ ކައިވެނިކޮށްފައެވެ. ރަގޫ އާއި ނަތާލީ އެންގޭޖުވެފައި ވަނީ ދެމީހުން އެއްކޮށް ހަތަރު މަހަށް ވުރެ ގިނަ ދުވަސްވަންދެން އުޅެފައެވެ.

ރަގޫގެ އަންހެނުން ނަތާލީ އަކީ ކެނެޑާއަށް ނިސްބަތްވާ ލަވަކިޔުންތެރިއެކެވެ. މި ދަރިފުޅަކީ އެދެމަފިރިންގެ އަލަތު ދަރިފުޅެވެ.

ރަގޫ އަކީ ކުރިން އެމްޓީވީގެ ސުޕަވައިޒިން ޕްރޮޑިއުސަރެވެ. ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ ރަގޫ އަކީ ކާމިޔާބު ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި "ކްރޭޒީ ސްޓާ" އަދި "ލަވް ޔޫ ސޯނިޔޭ" ހިމެނެއެވެ. ގިނަ ބަޔަކު ރަގޫ ސިފަކުރަނީ ވަރަށް ޒީލަގަދަ ރުޅިގަދަ މީހެއްގެ ގޮތުގައެވެ.