ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ އަންހެން ދަރިފުޅު އަލައިއާ ފަރުނީޗަރުވާލާ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ޖަވާނީ ޖާނެމަން" ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ފިލްމުގެ ޓްރެއިލާ އިއްޔެ އާންމުކުރި އިރު ޓްރެއިލާ އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެ ޓްރެއިލާ ރޭގެ ނިޔަލަށް ވަނީ ހަތް މިލިއަނަށްވުރެ ގިނަ މީހުން ބަލާފައެވެ.

މި މަހު 31 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމަކީ ސައިފް އަލީ ހާން ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ. ސައިފް އަލީ ޚާންގެ ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސްއިން ޕްރޮޑިއުސްކުރާ އެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ.

އެ ފިލްމުން ސައިފް ފެނިގެންދާއިރު، ޕޫޖާގެ ދަރިފުޅު ފެނިގެންދާނީ ސައިފްގެ ދަރީގެ ރޯލުންނެވެ.

އެ ފިލްމަކީ އަންހެން ކުއްޖަކާއި އުމުރުން ދުވަސްވީކަމަށް ގަބޫލުނުކުރާ ހިތްވާ ޒުވާން ބައްޕައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.